ބަންޑުން ޖަހާލި ލޯންޗުން ފެނުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ބަންޑުން ޖަހާލި ލޯންޗުން ފެނުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

Author
މުޙައްމަދު ޖިމީ
08 އޮކްޓޯބަރ 2022 02:13
0

މާލެއިން އއ. މާޅޮހަށް ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލި ޙާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން  ފެނުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށާއި، ލޯންޗުފުރީ މާލެ، ކުރީގެ ކުނިކޮށްޓާ ދިމާއިން ކަމަށެވެ. އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުންކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި، އޭގެ ތެރެއިން އެކަކު މިހާތަނަށް ފެނިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި ފެނިފައިވަނީ އއ. މާޅޮސް ކައިރިންނެވެ. އެ ލޯންޗުން ދަތުރުކުރި އެކަކު ފެރިދޫ ފުށްޓަރާ ދިމާއިންނެވެ. އަދި އެމީހާއަށް ފެރިދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އާއިލާގެ އެދުމުގެ މަތިން ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއަށް މިހާރު ފަރުވާދެމުންދަނީ އައި.ޖީ.އެމް.އެޗުގައިކަމަށްވެސް ބުންޏެވެ.

ގެއްލުނު ދެވަނަ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ. އޭނާ މިމަހުގެ 5 ވަނަ ދުވަހުގެ 13:00 ހާއިރުން ފެށިގެން ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގެ 20:50 ހާއިރުކަމަށް ފުލުހުން ބުންޏެވެ..

ފުލުހުން ވަނީ ގެއްލުނު މީހާ ފެނިއްޖެނަމަ ނުވަތަ އެމީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމާ 119 ނުވަތަ 3322111 އަށް ހިއްސާކޮށްދެއްވުމަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.