ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށައިފިއެވެ.
ހިތަދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙުމަދު ރަޝީދާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލްއާއި، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދު ރަސްމީކޮށް އިފްތިތާޙް މި ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން ހިންގަވާ ވަރަށް މުހިއްމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ހިތްފަސޭހަ އަތިރި މައްޗަކާއި ފަތާ ސަރަހައްދެއް ސ. ހިތަދޫގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
A ceremony was held today to mark commencement of physical works of S. Hithadhoo Shore Protection Project. Minister @AslamAslamtey MP @aslamdp MP @AraairuRasheed MP @HithadhooNazil Mayor @DhekunuNizar CEO @adamazim and senior officials of MTCC graced the ceremony.#MTCCProjects pic.twitter.com/rgSmIK3DlL
— MTCC Plc (@MTCCPlc) October 5, 2022
މި މަޝްރޫޢުގެ ދަށުން، 6891 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 975 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 570 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ސްޓްރަކްޗަރ ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 64.11 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ