ދުބާއީން ރާއްޖެ އައި މީހެއްގެ ލަގެޖުން 12 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ދުބާއީން ރާއްޖެ އައި މީހެއްގެ ލަގެޖުން 12 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2022 07:11
0

ވައިގެ މަގުން ދުބާއީ އިން ރާއްޖެ އަށް އައި ޕާކިސްތާނު މީހެއްގެ އަތުން 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ އެއްވަނަ ދުވަހު ރާއްޖެ އައި 48 އަހަރުގެ ޕާކިސްތާނުގެ ފިރިހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ޝައްކުކުރެވިގެން ބަލައިފާސްކުރިއިރު އޭގެ ތެރެއިން 10 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިނަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭނާގެ ދަބަހުން ފެނުނު ޑްރަގުގެ މަގުމަތީ އަގު 12 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އޭނާގެ އަތުން ފެނިފައިވާ މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.