އަޒްހާން ކަމަށް ބެލެވޭ ހަށިގަނޑު ފެނިއްޖެ

އަޒްހާން ކަމަށް ބެލެވޭ ހަށިގަނޑު ފެނިއްޖެ

Author
މުޙައްމަދު ޖިމީ
02 އޮކްޓޯބަރ 2022 06:47
0

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން ބުނީ ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 17:45 އެހައިކަންހާއިރު އެ ހަށިގަނޑު ފެނިފައިވާކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އެނގިފައިވާގޮތުގައި އަޒްހާންގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލެ ސްކޭޓް ޕާކް ކައިރިންނެވެ. ފުލުހުން އަންނަނީ އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންނެވެ. މިރޭ މިކަމުގެ އިތުރު ތަފްސީލް ހިއްސާކުރާނެކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ފޭސް ދޭކުން އަޒުހާން ގެއްލިގެން އޭނާ ހޯދަމުންދާކަން ފުލުހުން އިއުލާން ކުރީ މިދިޔަ ހޯމަ ދުވަހުގެރޭގެ ވަގުތެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެފަހުން އޭނާ ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. މުޙައްމަދު އަޛުހާން ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނުނީ ކޮންބަޔަކާއިއެކު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އަޒްހާން މިދިޔަ އާދީއްތަ ދުވަހު ހެނދުނު 6:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.