އަޑިޔަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

އަޑިޔަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނިއްޖެ

Author
މުޙައްމަދު ޖިމީ
01 އޮކްޓޯބަރ 2022 07:43
0

އަޑިއަށް ދިޔަ ބޯޓަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

ސެޕްޓެންބަރު 28 ވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރުން ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުން ދަތުރުކުރި ފަޅުވެރިއަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބިފައިވަނީ މިއަދު 10:30 ހާއިރުއެވެ.

މިރިޕޯޓް ލިބުމުން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑު ކުރަމުން ދަނިކޮށް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް މިއަދު ހަވީރު 5.25 ހާއިރު އެމީހާ ފެނިފައިވާ ކަމަށާއި އެމީހާ މާލެ ގެނައުމަށް މިހާރު ދަތުރުކުރަމުން އަންނަ ކަމަށް ކޯސްޓްގާޑުން މަޢުލޫމާތުދެއެވެ.

އެ ބޯޓް އަޑިއަށްގޮސް، އެއިން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންވަނީ އެމީހުން ސަލާމަތްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަމީރު
ޚާލިދު ވިދާޅުވީ ތެދުފުޅެއް
ޚ ޚާލިދު
މިޚަބަރުން ގެއްލިގެންހޯދަމުންދިޔަމީހާފެނިފައިވަނީދިިހުއްޓާކަމެއްނުވަތަމަރުވެފައޮއްވާކަމެއްވެސްނޭގޭ ޚަބަރުލިޔާއިރުތަންކޮޅެއްޒިންމާދާރުވާންވެއްޖެކަންނޭގެ