ގެއްލޭ މީހުން ހޯދުމަށް އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: އެމްއެންޕީ

ގެއްލޭ މީހުން ހޯދުމަށް އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: އެމްއެންޕީ

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2022 10:25
0

ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭގޮތުގައި މަސައްކަތްތަކެއް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަކަށް ގަބޫލު ނުކުރާކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ބުނެފިއެވެ.

މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒުހާން ހޯދުމުގެ މަސައްކަތަށް އެދެވޭ ކުރިއެރުމެއް މިހާތަނަށް ލިބިފައިނުވާތީ، ކަންބޮޑުވުން ފާޅުކޮށް އެމްއެންޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދާ ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، 27 އަހަރުގެ މުޙައްމަދު އަޒުހާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންއަންނައިރު، އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައިކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އޭނަ ފެނިފައެއް ނުވާކަމަށެވެ.

މީހުން ގެއްލިގެން ހޯދާ މައްސަލަތަކުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އާންމުންގެ އެހީތެރިކަމަށް އެދި ސަރޗް ޕާޓީތައް އެކުލަވާލައި، ޓެކްނޮލޮޖީގެ އެހީގައި އެފަދަ މައްސަލަތައް ހައްލުކުރުމަށް އަވަސްވެގަނޭ. ހަމަ މިބީދައިން ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލުމާއި އެކު ދިވެހި ފުލުހުންނަށް ވެސް މިފަދަ މައްސަލަތައް އަވަހަށް ހައްލު ކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން. ދިވެހިންނަކީ އަބަދުވެސް އެކަކަށް ދިމާވާ ހިތްދަތިކަމުގައި ބައިވެރިވެ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކު ގުޅިގެން އުޅޭ އެކަތިގަނޑެއް ފަދަ ބައެއް.

– އެމްއެންޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަޒްހާން ނުފެނި ގިނަ ދުވަސްތަކެއް ވެފައި ވާއިރު، ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭގޮތުގައި މަސައްކަތްތަކެއް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަކަށް ނުދެކޭކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ކަމާބެހޭ އިދާރާތަކުން މިހާރަށް ވުރެ ބޮޑަށް މިފަދަ މައްސަލަތަކުގައި ހަރުދަނާ އެކަށޭނަ ފިޔަވަޅުތަކެެއް އެޅުމަށް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.