ޅ. ހިންނަވަރުގައި ފުޓްބޯޅަ ކުޅެން ހުރި ޒުވާން ފިރިހެނަކު ކުއްލި ގޮތަަކަށް ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ހިންނަވަރު ޒުވާނެއްކަމަށްވާ މުބްތަދާ އަލީ އެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހަވީރު ފުޓުބޯޅަ ކުޅެން ހުއްޓާ ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓިގެންނެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ވެއްޓުނު އިރު ވެސް އޭނާގެ ހޭ ނެތް ކަމަށާއި ވަގުތުން އޭނާ ނައިފަރު ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ. ނަމަވެސް، އޭނާ މަރުވީ އެ ރަށަށް ގެންދިޔުމުގެ ކުރިން ކަމެއް އޭގެ ފަހުން ކަމެއް ނޭނގޭ ކަމަށެވެ.
މުބްތަދާ ގެ ޖަނާޒާ މިރޭ 10:00 ޖަހާއިރު ހިންނަވަރުގައި ވަނީ ބާއްފާއެވެ. މިއަދު ހަވީރު ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވިިއިރު، ރޭގެ ވަގުތެއްގައި މާފުށި ޖަލުގައި ޑިއުޓީގައި ހުރި ޒުވާން ފިރިހެނަކުވެސް ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ކުއްލި މަރުތައް އިތުރުވަމިދާކަން ފާހަގަކޮށްލެވެ. މިމަރުތަކާއި ގުޅިގެން މިކަމުގެ ހަގީގަތް ދެނެގަތުމަށް އެޗްޕީއޭއާއި ކަމާއި ގުޅުންހުރި އިދާރާތަކަށް ސޯޝަލް މީޑިއާގައި ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ