ކޮންޒަވެޓިވް ޕާޓީގެ ކޮންފަރެންސަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބުން ފުރާވަޑައިގެންފި

ކޮންޒަވެޓިވް ޕާޓީގެ ކޮންފަރެންސަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބުން ފުރާވަޑައިގެންފި

Author
މުޙައްމަދު ޖިމީ
30 ސެޕްޓެމްބަރ 2022 12:00
0

އިނގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީގެ ކޮންފަރެންސުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ވެރިކަންކުރާ މައި ޕޓީ އެމްޑީޕީގެ ޗެއާރޕާސަންގެ ނާއިބުން އިނގިރޭސިވިލާތަށް ވަޑައިގަންނަވައިފިއެވެ.

އެމްޑީޕީން ބުނީ ކޮންޒަވެޓިވް ޕާޓީގެ ކޮންފަރެންސުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޗެއަރޕާސަންގެ ނާއިބުންކަމަށްވާ، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފައިވާކަމަށެވެ.

އިނގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީ އަކީ އެޤައުމުގެ ވެރިކަންކުރާ ޕާޓީއެވެ.  އެޕާޓީއަކީ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އުފެދުނީއްސުރެ ގާތް ގުޅުމެއް އޮންނަ ޕާޓީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.