ސައުތުގެ މަޝްހޫރު އެކްޓަރު މަހޭޝް ބާބުގެ މަންމަ މަރުވެއްޖެ

ސައުތުގެ މަޝްހޫރު އެކްޓަރު މަހޭޝް ބާބުގެ މަންމަ މަރުވެއްޖެ

Author
ފާތިމަތު ނާވީ
28 ސެޕްޓެމްބަރ 2022 01:52
0

ސައުތުގެ އެންމެ މަގުބޫލު އެއް އެކްޓަރު ކަމުގައިވާ މަހޭޝް ބާބޫގެ މަންމަ އިންދިރާ ދޭވީ މަރުވެއްޖެއެވެ.

ހައިދަރް އާބާދްގެ ހޮސްޕިޓަލެއްގައި ހާލު ގޯސްވެގެން އެނާ އެޑްމިޓް ކުރީ އިއްޔެއެވެ. އިންދިރާ މަރުވީ ރޭ ފަތިހު 4 ޖެހި އިރު ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އޭނާ އެނދުމަތި ކުރަން ޖެހުނީ ކޮންކަހަލަ ބައްޔެއް ވެގެން ކަމެއް ނޭގެއެވެ.

އިންދިރާ ދޭވީ އަކި ކުރީގެ ވެޓެރަން އެކްޓަރ ކްރިޝްނާގެ އަންހެނުންނެވެ. ކްރިޝްނާ އަކީ ސައުތުގެ ވަރަށް މަގުބޫލު އެކްޓަރެކެވެ.

 

View this post on Instagram

 

A post shared by Mahesh Babu (@urstrulymahesh)

މަހޭޝްގެ އާއިލާ އިން ވަނީ އިންދިރާ މަރުވުމުން ސްޓޭޓްމެންޓެއް ނެރެފައެވެ. އިންދިރާ މަހޭޝް އަދި އޭނާގެ ކުދިންނާ ވަރަށް ގާތެވެ.

މި ޚަބަރު ސޯޝަލް މީޑިއާއިން ހިއްސާ ކުރުމާއެކު އަންނަނީ ގިނަ ބަޔަކު ތައުޒިޔާ ކިޔަމުންނެވެ. އަދި ހިތާމައިގައި ގިނަ ބަޔަކު އަންނަނީ ބައިވެރި ވަމުނެވެ.

 

View this post on Instagram

 

A post shared by Mahesh Babu (@urstrulymahesh)

މަހޭޝް، 44، އަކީ އަނިލް ކަޕޫރްގެ "ޕުކާރް" އާއި ސަންޖޭ ދަތުގެ "ވާސްތާވް" ގެ އިތުރުން ގޯވިންދާގެ "އަލްބޭލާ" ފަދަ ފިލްމުތައް ކުޅުނު ބޮލީވުޑްގެ ކުރީގެ ބަތަލާ ނަމްރަތާ ޝިރޯދްކަރްގެ ފިރިމީހާއެވެ. މިސް އިންޑިއާ ތާޖު 1993 ހާސިލުކޮށްފައިވާ ނަމްރަތާ، 48، އާއި މަހޭޝްގެ ދެކުދިން ތިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.