އަބޭގެ ޖަނާޒާގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންފި

އަބޭގެ ޖަނާޒާގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
27 ސެޕްޓެމްބަރ 2022 02:46
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި މި ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޙަސަން ޞާބިރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަނާޒާގައި ޤައުމުތަކުގެ ލީޑަރުންނާއި އެކި ޤައުމުތަކުގެ ޢިއްޒަތްތެރިންވެސް ގިނަ ޢަދަދަކަށް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝިންޒޯ އަބޭ އަވަހާރަވީ، 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި ޝިންޒޯ އަބޭއަށް އަމާޒުކޮށް މީހަކުދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ސަބަބުންނެވެ.

ޝިންޒޯ އަބޭއަކީ، ޖަޕާނު ސަރުކާރަށް އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޮޑުވަޒީރެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން 11 އަހަރު ވަންދެން، ޖަޕާނުގެ ބޮޑުވަޒީރުކަން ޝިންޒޯ އަބޭވަނީ ކުރައްވާފައެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވީ 2020ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.