މަކަރާއި ހީލަތުގެ މައްސަލައެއްގައި ހަތަރު މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި ހަތަރު މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
25 ސެޕްޓެމްބަރ 2022 06:24
0

ފުލުހުންގެ އިދާރާއިން ތަހުގީގް ކުރަމުންދާ މަރަކާއި ހީލަތުގެ މައްސަލައެއްގައި ހަތަރު މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުން ވަނީ އެ މީހުން ބޭންކް އޭޓީއެމްއެއްގެ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ދައްކުވާދޭ ވީޑިއޯ ކްލިޕެއްވެސް ހިއްސާ ކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ހަތަރު ފިރިހެނެކެވެ. އެ މީހުން އޭޓީއެމްގެ ތެރޭގައި ވަކިވަކިން ހަރަކާތްތެރިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ ފިރިހެނުންނަކީ ޒުވާނުން ނެވެ. އަދި އެ މީހުން އޭޓީއެމްއިން އެކި މީހުން އެކި ގަޑީގައި ފައިސާ ނަގާ މަންޒަރު ފެނެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ ހަތަރު މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުން ކަމަށެވެ.

އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.