އެކުވެރިކަމުގެ މެޗުގައި ބްރެޒިލުން ގާނާ ބަލިކޮށްފި

އެކުވެރިކަމުގެ މެޗުގައި ބްރެޒިލުން ގާނާ ބަލިކޮށްފި

ގާނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗު ބްރެޒިލުން ކާމިޔާބުކޮށްފިއެވެ.

މި މެޗު ބްރެޒިލް ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރެޒިލްއެވެ. މެޗްގެ ފުރަތަމަ ލަނޑު ބްރެޒިލްއަށް ކާމިޔާބުކޮށްދިނީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މާކީނިއޯސްއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ.

ބްރެޒިލްގެ ދެވަނަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށް އެޓީމްގެ ލީޑު ފުޅާކޮށްދިނީ ރިޗާލިސަންއެވެ. މި މެޗްގައި ބްރެޒިލްގެ ތިންވަނަ ލަނޑު 40 ވަނަ މިނެޓްގައި އަނެއްކާވެސް ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ ރިޗާލިސަންއެވެ.

މެޗްގައި ރިޗާލިސަން އާއެކު ކުރިއަށް ކުޅެފައިވަނީ ގެބްރިއަލް ޖޭސުސްއެވެ. މީގެއިތުރުން ބްރެޒިލްގެ ފުރަތަމަ އެގާރައިގާ ކީޕަރ އެލިސަން ބެކަރ އާއި ތިއާގޯ ސިލްވަރ އަދި ކަސެމިރޯ ހިމެނިފައިވެއެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ ބްރެޒިލް އަންނަ އަންގާރަ ދުވަހުގެރޭ ޓިއުނީޝިއާ އާވެސް ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ. މިފަހަރުގެ ވާރލްޑް ކަޕްގައި ބްރެޒިލް ހިމެނިފައިވަނީ ސަރބިއާ، ސްވިޓްޒަލަންޑް އަދި ކެމަރޫނާއެކު އެއް ގްރޫޕެއްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *