ރާއްޖޭގެ ޑިޕްލޮމަސީ ވަނީ ނާށިގަނޑެއްގެ ދަށުގައި ތާށިވެފަ: ދުންޔާ

ރާއްޖޭގެ ޑިޕްލޮމަސީ ވަނީ ނާށިގަނޑެއްގެ ދަށުގައި ތާށިވެފަ: ދުންޔާ

ބައިނަލް އަގުވާމީ ދުނިޔެއިން ޤަބޫލުކުރަނީ މިސަރުކާރަކީ ދަސްކުރާ ބޯޑު ޖަހައިގެން މަސައްކަތް ކުރަމުންދާ ސަރުކާރެއްގެ ގޮތުގައިކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ޤައުމީ ޖަލްސާ ފެށުމުގެމަށް ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ދުންޔާވަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭގެ ތެރެއިން ޚާރިޖީ ގޮތުން ރާޢްޖެ މިއަދު އޮތް ހިސާބާއި، ރާއްޖެއާއިމެދު ބައިނަލް އަގުވާމީ ދުނިޔެއިން ދެކޭގޮތުން ހާމަކުރައްވާފައެވެ.

ޚާރިޖީ ސިޔާސަތުތައް މިއަދު ބައްޓަންކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދުންޔާ ވިދާޅުވީ ރާއްޖެއަކީ މިއަދު ޤައުމުތަކުން ސަލާންޖަހަމުންދާ ގައުމަކަށް ހަދައިފިކަމަށެވެ. ދުނިޔޭގެ ޤައުމުތަކުން މިއަދު ރާއްޖެ ދެކެނީ ސަލާންޖަހާ ޤައުމެއްގެ ގޮތުގައިކަމަށާއި، އެކަން ބަދަލުކޮށް ދިވެހިންގެ އަމިއްލަ ވަންތަކަމާއި މިނިވަންކަމާއިއެކު އުޅެވޭނެ ޤައުމަކަށް ރާއްޖެ ވާންޖެހޭކަމަށެވެ.

ވޯލްޑް ބޭންކްގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ގާބިލްކަމުގެ ނިސްބަތް މިހާރު ވަނީ ލަދުގަންނަ ހިސާބަކަށް ވެއްޓިފައި. އާދެ 1998 ވަނަ އަހަރު 80 އިންސައްތައިގައި ހުރި ނިސްބަތް މިދިޔަ ދެތިން އަހަަރު ވަނީ 35 އަކަށް ވެއްޓިފަ.

– ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ އެތައް ވައުދެއް ނުފުއްދި ރައްޔިތުން ނިކަމެތިވަމުންދާކަމަށެވެ. ވެރިކަމަށް ވަޑައިގަތުމަށް ވެފައިވާ ގިނަ ވައުދުތައް ނުފުއްދި، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު އެތައްތަނަކުން ދަށަށްގޮސް، ބިކަވަމުންދާކަމަށެވެ. ވެރިކަން ލިބުމުން އެދެމުންދިޔައީ މަޖިލިސް ދިނުމަށް ކަމަށާއި، ރައްޔިތުން ސުޕަމެޖޯރިޓީއެއް ދިނުމުންވެސް މިސަރުކާރަށް ކޮށް ދެވުނު ކަމެއް ނެތްކަމަށް ދުންޔާ ވިދާޅުވިއެވެ.

މަޖިލީހުގެ ކިތަންމެބޮޑު މެޖޯރިޓީއެއް ލިބުނަސް، އަދި އަދި ކިތަންމެބޮޑު ބާރުވެރިކަމެއް އޮތްނަމަވެސް ވެރިކަން އެއީ ވެރިކަން ކުރަން އެގުން ނޫންކަމަށް ދުންޔާ ވިދާޅުވިއެވެ. އެމްއެންޕީން ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށްފަހު މިކަންކަމަށް ބަދަލު ގެނެސް ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *