"މަޖާ މާ" ގެ ޓްރެއިލާ ނެރެފި

"މަޖާ މާ" ގެ ޓްރެއިލާ ނެރެފި

Author
ފާތިމަތު ނާވީ
24 ސެޕްޓެމްބަރ 2022 08:45
0
ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ މާދުރީ ޑިކްސިޓްގެ ކުރިއަށް އޮތް ފިލްމު "މަޖާ މާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ. އަންނަ މަހުގެ 6 ގައި އެމެޒަން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ގޮތަށް ނިންމާފައިވާ މި ފިލްމަކީ ސުމިތު ބަތޭޖާގެ ސްކްރީން ޕްލޭއަކަށް އާނަންދު ތިވާރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"މަޖާ މާ" އަކީ ފިރިހެން ދަރިއެއްގެ ކައިވެނީގެ ޕްލޭނަކަށް މަޔަކުވަމުން އަންނަ ތައްޔާރީތަކާއި އެކަމާ ގުޅިގެން ހިނގާ ކަންތައްތަކެއް ފެންނާނެ ފިލްމެކެވެ.

މި ފެމިލީ ކޮމެޑީގެ ކާސްޓްގައި ގަޖްރާޖް ރާއޯ، ރިތުވިކް ބޯމިކް، ބަރްކާ ސިންގް، ސުރިޝްތީ ސްރިވާސްތަވް، ޝީބާ ޗައްޑާ، ރަޖިތު ކަޕޫރް އަދި ސިމޯން ސިންގް ހިމެނެއެވެ.

55 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސް މި އަހަރުގެ ކުރީކޮޅު ޕްރިމިއާކުރި ވެބް ސީރީޒް "ދަ ފޭމް ގޭމް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.