އަލަމްގިރިގެ މައްޗަށް އުފުލި 40 ދައުވާގެ ޝަރީއަތް ގެންދަނީ ސިއްރުކޮށްގެން!

އަލަމްގިރިގެ މައްޗަށް އުފުލި 40 ދައުވާގެ ޝަރީއަތް ގެންދަނީ ސިއްރުކޮށްގެން!

Author
މުޙައްމަދު ޝަޒައިމް
23 ސެޕްޓެމްބަރ 2022 03:26
0

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި ގެ މައްޗަށް އުފުލާފައިވާ 40 ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލް ކޮށްފިއެވެ.

އަލަމްގީރްގެ މައްޗަށް އުފުލާފައިވާ 40 ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމާފައިވާއިރު، މީގެ ކުރިން އޭނާގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދައުވާއެއް ސާބިތުވެ ވަނީ ހަތް މަހަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ޝެޑިއުލްގައި ބުނެފައިވާ ގޮތުގައި އަލަމްގީރްގެ ޝަރީއަތް މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ގައެވެ. ޝަރީއަތުގެ އަޑު އެހުން ކުރިއަށް ދާނީ ސިއްރުން ކަމަށް ވެސް ކޯޓު ޝެޑިއުލްގައި ވަނީ ބުނެފައެވެ.

ބަޔަކު އެއްޖިންސުން ގުޅުން ހިންގައ ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ އެ މައްސަލަ ބަލައި މީގެ ކުރިން އޭނާގެ މައްޗަށް ލިވާތުކުރުމުގެ ކުށް ވަނީ ސާބިތުވެފައެވެ. އަދި އެ މައްސަލާގައި އޭނާގެ މައްޗަށް ހުކުމް ވެސް ވަނީ އިއްވާފައެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވީ އެ އޭނާ އެއްބަސްވީމައެވެ.

އަލަމްގިރީގެ މައްޗަށް މިހާރު ދައުވާ އުފުލާފައި ވަނީ އޭނާ އޮރިޔާންކާޑު އުފައްދާ ގެންގުޅުނު މައްސަލާގައެވެ. އެގޮތުން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކަކީ އޭނާ އުފައްދާފައިވާ އެއްޗެއް ކަމަށް އޭނަ ވަނީ އެއްބަސްވެފައެވެ. އެ މައްސަލާގައި 40 ދައުވާ އުފުލާފައި ވަނި ކޮންމެ ވީޑިއޯއަކަށް ވަކި ދައުވާއެކެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަންނާނީ 1 އަހަރާއި 6 މަހުގެ އަދަބެކެވެ. އެ މައްސަލާގައި އިއުތިރާފުވެއްޖެ ނަމަ އަދަބަކީ 2 ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.