ބަލިވުމުގެ ޒިންމާނަގަން، ހާލަތު ބަދަލުކުރަން މަސައްކަތް ކުރާނަން: ލޯ

ބަލިވުމުގެ ޒިންމާނަގަން، ހާލަތު ބަދަލުކުރަން މަސައްކަތް ކުރާނަން: ލޯ

Author
އިބްރާހީމް ސާޢިދު
19 ނޮވެމްބަރ 2020 05:17
0

ނޭޝަންސް ލީގުގައި ސްޕެއިން އަތުން އެހާ ބޮޑު ބައްޔަކުން ބަލިވުމުގެ ޒިންމާ އޭނާ  ނަގާކަމަށް ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ލޯ ބުނީ އެފަދަ ބޮޑު ނަތީޖާއަކުން އޭނާގެ ޓީމު ބަލިވީ މުޅިން ގޯސްދުވަހަކު ކަމަށެވެ. ޓީމުގެ ނަތީޖާތައް ފަހުން ކުޅުނު މެޗުތަކުގައި އެހާ ރަނގަޅު ނޫނީ ކުރި ތަޖުރިބާތަކުގެ ސަބަބުން ކަމަށެވެ. ލޯ ބުނީ ޒުވާން ކުޅުންތެރިންނާއެކު މުޅުން އާގޮތަކަށް ބައްޓަންކުރަމުންދާ މަސައްކަތުގައި ޓީމުގެ ހާލަތު ބަދަލުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

މެޗުގައި އެހާ ބޮޑަށް ދަށްވެގެންދިޔައީ ޓީމުގެ ހުރިހާ ދިމާލެއްވެސް ދަށްވެގެންކަމަށާއި މެޗުގައި ޓީމުގައި ރަނގަޅަށް މަސައްކަތްކުރި އެއްވެސް ދިމާލެއް ނެތްކަމަށް ލޯ ވަނީ ބުނެފައެވެ. ރަނގަޅަށް ދިޔައެންމެ ކަމައްވެސް މެޗުގައި ފާހަގަނުވާކަމަށް ޖަރުމަނުގެ ކޯޗުކަމުގައި 14 އަހަރު ގުނަމުންދާ ލޯ ބުނެފައިއެވެ.

މިއީ ގޯސްދުވެހެއްގައި ލިބުނި ގޯސްނަތީޖާއެއް، މެޗުގައި ރަނގަޅަށް ކުޅުނު އެންމެ ދިމާލެއް ވެސް ނުފެނު، މިހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރާނަން.

– ޖަރުމަނު ކޯޗު ބުނެފައިވެއެވެ.

އެންމެފަހުން ސްޕެއިން އަތުން 6-0 ލަނޑުން ބަލިވުމަކީ 89 އަހަރުގެ ތެރޭގައި ޖަރުމަނު ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.