ލޯބިވާ އަނބި މީހާ އާލިއާ ބަޓާއި ދުރުގައި ހުރުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށާއި، އޭނާ ކައިރީގައި ނުހުންނަ ނަމަ އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ރަންބީރު ކަޕުރު ބުނެފިއެވެ.
ވަރަށް އަވަހަށް މި ދެމީހުންނަށް އަލަތު ދަރިފުޅު ލިބޭނެއެވެ. އާލިއާ އާއި ރަންބީރަކީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެމަފިރިން ކަމަށް އޭނާ ވަނީ ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
އެހެން ކަމުން އާލިއާ ނެތް ނަމަ އޭނާއަށް ނުކެވޭ ކަމަށާއި ނުނިދޭ ކަމަށަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ ކޮބައިތޯ ބަލާ ކަމަށާއި ނެތް ނަމަ ހިތަށް ހަމަޖެހުމެއް ނުލިބޭ ކަމަށް ވަނީ ބުނެފައެވެ.
ރަންބީރު ބުނި ގޮތުގައި އޭނާއަށް ކެވެނީ ވެސް ނުވަތަ ފާހާނާއަށް ވަދެވެނީ ވެސް އާލިއާ ވީ ތަނެއް ބަލައިފައެވެ. އަދި އަބަދުވެސް ބޭނުން ވަނީ އާލިއާ އޭނާގެ ކައިރީގައި ހުންނަން ކަމަށް ވެސް ރަންބީރު ވަނީ ބުނެފައެވެ. މިވާހަކައަށް އެއްބަސް ވުމުގެ ގޮތުން އާލިއާވެސް ބުނެފައިވަނި އެއީ ތެދު ކަމަށާއި އޭނާ ނެތްނަމަ ރަންބީރަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.
ރަންބީރާއި އާލިއާ ކައިވެނިކުރީ މިއަހަރުގެ އޭޕްރީލް 14 ގައިއެވެ. އެ މީހުންގެ ކައިވެނި އޮތީ އާއިލާ އާއި ގާތް މީހުންގެ ހާޒިރުގަ އެވެ.