ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލި، މީހަކު ހޯދަނީ

ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލި، މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2022 11:55
0

އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ވީޑިއޯއާއިއެކު ފުލުހުން ވަނީ އެމީހާ ހޯދަން އާންމުންގެ އެހީއަށް އެދިފައެވެ. ފުލުހުން ބުނެފައިވަނީ އެމީހާއަކީ މިމަހުގެ 5 ވަނަ ދުވަހުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ ބްލޮސަމް ފިހާރައިގައި އަލިފާން ރޯށްލާފައިވާ މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއްކަމަށެވެ.

ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.