ނާޒިމް ސައްތާރަށް އިއްވީ 4 މަހުގެ ގޭބަންދު ހުކުމެއް!

ނާޒިމް ސައްތާރަށް އިއްވީ 4 މަހުގެ ގޭބަންދު ހުކުމެއް!

Author
މުޙައްމަދު ޝަޒައިމް
15 ސެޕްޓެމްބަރ 2022 06:10
0

އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ގާނޫނީ ވަކީލު އަހުމަދު ނާޒިމް ސައްތާރު ހަތަރު މަހަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ހުކުމް ކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާތީ އޭނާ ތިން މަހާއި 26 ދުވަހަށް އޭނާ ގޭ ބަންދު ކުރުމަށެވެ.

ނާޒިމް ސައްތާރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، އެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.

ކުށަށް އިއުތިރާފުވެ ދެން އެފަދަ ކުށެއް ނުކުރާނެ ކަމަށް ކުށަށް ތައުބާވެފައިވާތީ އާއި އެކަމަށް އޭނާ މައާފަށް އެދިފައިވާތީ, އަދަބު ލުއިކޮށް އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމަކަށް ކަނޑައެޅިއެވެ. އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޖޫން މަހުގެ ފަހުކޮޅު ވަނީ އާންމުވެފަ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯއަކުން އަލަމްގީރާއެކު ފެންނަނީ ނާޒިމްއެވެ.

ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައިފައެވެ. އަދި ނާޒިމް ވަނީ ދައުވާގައި ހިމެނޭ އެއް ޖިންސުގެ މިހާކާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފުވެފައެވެ.

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރްއާއެކު ނާޒިމް އެއްޖިންސުން ގުޅުން ހިންގި ކަމަށް އަލްމްގިރް ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންވެ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެ، އަލަމްގިރް މިހާރު ދަނީ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙެޔޮއެދޭ ހަބިއްތަ
ޒިނޭކުރުމާއި ޝަރީކުކުރުމާ ކުޑަކުދިންނާ ބެހުމާ އަމިއްލަ ދަރިންނާ ބެހުމާ އަނބިންނަށް އަނިޔާކުރުމާ ރޭޕްކުރުމާ މަސްތުވުމާ ރާބުއިމާ ބަރަހަނާވުމާ މަކަރާ ހީލަތް ހަދައިގެން ފައިސާ ފޭރުމާ ވައްކަންކުރުމާ މާރާމާރިއާ މީހުން މެރުމަށްވުރެ އެއްޖިންސުން ގުޅުން ހިންގުން ނުބައެއް ނުވާނެ. ޒިނޭކުރީމަ އޯގަދަ. ޢެއްޖުންސުންގުޅުން ހިންގީމަ ޗީޗީ. މިއީ މުނާފިގުކަން. ކަނޑުގެ ފޮނުގަނޑަށްވުރެ ފާފަ ގިނަވިއަސް އެކަލާންގެ ފުއްސަވާދެއްވާނެ. ތައުބާވެ އެކަލާންގެ މަގަށް ރުޖޫއަވޭ.