ފުލުހުންނަށް ހަމަލާދިން މައްސަލަގައި އިތުރު 5 މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް ހަމަލާދިން މައްސަލަގައި އިތުރު 5 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 ސެޕްޓެމްބަރ 2022 07:59
0

މިމަހުގެ 9 ވަނަ ދުވަހު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރު ކުރިމަތިން 3 ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން އިތުރު 5 މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން މީގެކުރިން ވަނީ 3 މީހަކު ހައްޔަރުކޮށްފައެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަށް ހަމަލާ ދިން މައްސަލައާ ގުޅިގެން އިތުރު 5 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އެމީހުން ހައްޔަރުކޮށްފައި ވަނީ ފިލައިގެން އުޅެނިކޮށްކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ގޭންގުތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދަވާނޭކަމަށެވެ. މި ހަމަލާގާއި އަނިޔާ ލިބުނު ފުލުހުންނަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންދާއިރު ފުލުހުން ވިދާޅުވީ ތިން ފުލުހުންނަށް ހަމަލާ ދީފައިވަނީ މާލޭގައި ހަރަކާތްތެރިވާ މަޝްހޫރު ގޭންގަކަށް ނިސްބަވާ ބަޔަކު ކަމަށެވެ. އަދި މިހަމަލާ ދީފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގެ ތިން ފުލުހަކު ރަސްމީ ޑިއުޓީ އަދާކުރަމުން ދަނިކޮށްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންނަށް ހަމަލާ ދިން މީހުން ހަމަލާ ދީފައިވަނީ ހަތިޔާރު ބޭނުން ކޮށްގެންކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެއީ ކޮންބާވަތެއްގެ ހަތިޔާރެއްކަން އަދި އެކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ގޭންގުތަކާއި ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތަކަށް މަޑުޖެހުމެއް ނާންނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަހްމަދު އަލީ
ފުލުހުންނަށް ހަމަލާ ދިނުން ކުށްވެރިކުރަން. ނަމަވެސް ތި މައްސަލައިގައި ކުށްވެރިވަނީ ފުލުހުން. ޣޭންގުތާކާ ފުލުހުން ގާތް ގުޅުން ބާއްވާ. އެދުވަހުގެ އަމަލުތައް ދުށް މީހެއްގެ ހައިސިއްޔަތުން ދެންނެވޭނީ ފުލުހުން ބަޔަކުގައިގައި ތަޅައިގެންފައި ވިކްޓިމް ކާޑު ކުޅެނީއޭ. ޠުނީފޯމުގެ ނިވާފަތްގަނޑިގައި ތިބެގެން ފުލުހުން މިިހިންގާ ޖަރީމާތައް ހުއްޓުވަން އެބަޖެހޭ.