ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަތަލާތަކުގައި އެގައުމުން ހިފާފައިވާ ގިނަ ސަރައްދުތަކެއް، ޔޫކުރެއިން މިހާރު ދެމުންދާ ކައުންޓަރ ހަމަލާތަކުގައި މިނިވަން ކޮށްފައިވާކަމަށް ޔޫކުރެއިން ބުނެފިއެވެ.
އަދި މީގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާތަކުންވެސް ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފާއިތުވެދިޔަ ދުވަސްތަކުގެ ޔޫކުރެއިން ދެމުންދާ ކައުންޓަރ ހަމަލާތަކުގައި އެގައުމުންވަނީ، މީގެ ކުރިން ރަޝިއާގެ ބޭރުގެ ދަށުގައި އޮތް 3،000 އަކަ ކިލޯމީޓަރުގެ ސަރަހައްދު މިނިވަން ކޮށްފައެވެ. މިއީ ފާއިތުވި އެޕްރިލްމަހުން ފެށިގެން މިހާތަނަށް ރަޝިއާއިން އެގައުމުގެ ބާރުގެ ދަށަށް ގެނެސްފައިވާ ޔޫކުރެއިންގެ ސަރަހައްދުތަކަށްވުރެވެސް ބޮޑު ސަރަހައްދެކެވެ. މީގެ ތެރޭގައި ހިމެނެނީ ރަޝިއާގެ އިރުމަތީގައި އޮންނަ ކާކިވްގެ ސަރަހައްދު ތަކެވެ.
ޔޫކުރެއިންގެ ޖެނެރަލް ސްޓާފް އޮފް އާރމްޑް ފޯސެސް ވިދާޅުވެފައިވާ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް، ޔޫކުރެއިންގެ އިރުމަތީގައި ދެމުންދާ ކައުންޓަރ ހަމަލާތަކުގައި 20 އަވަށަކާއި ވިލެޖެއްވަނީ ޔޫކުރެއިން ސިފައިން މިނިވަން ކޮށްފައެވެ.
ޔޫކުރެއިންގެ ޖެނެރަލް ސްޓާފް އޮފް އާރމްޑް ފޯސެސް އޭނާގެ ފޭސްބުލް އެކައުންޓުގައި ވިދާޅުވެފައި ވާގޮތުގައި ޔޫކުރެއިން އެގައުމުގެ ބާރުގެދަށަށް ގެނެސްފައިވާ ސަރަހައްދުތައް "ހަމަޔަކަށް އެޅުވުމުގެ" މަސައްކަތް މިހާރު އެގައުމުގެ އަސްކަރިއްޔާއިން ދަނީ ކުރަމުން ކަމުގައެވެ.
މި ހަފްތާގެ ހޮނިހިރު ރަޝިއާގެ އަސްކަރިއްޔައިން ވަނީ، ޔޫކުރެއިން އިރުދެކުނުން، އޮންނަ އިޒްޔުމްއިން އެގައުމުގެ ސިފައިން ފައިބައިފަ ވާކަން ޔަގީން ކޮށްދީފައެވެ. އެހެންނަމަވެސް ރަޝިއާއިން ބުނެފައިވަނީ އެގައުމުގެ އަސްކަރިއްޔާ ގިނަ ސަރަހައްދު ތަކަކުން ފަހަތައް ޖެހިފައިވަނީ އަލުން ސަފުތައް ރުކުރުވާލުމަށްޓަކާ ކަމަށެވެ.
ކޮމެންޓު ފޮނުވާ