އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ދުވަސްވަރު ރަށްރަށުގައި ހުރި ޖަގަހަތައް ހިންގާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގެ ޖަގަހަތަކަށް ބޭނުންވާ ޓީވީތައް ފޮނުވުމުގެ މަސައްކަތް އެމްޑީޕީން ފަށައިފިއެވެ.
އެމްޑީޕީގެ ނިމިދިޔަ ޗެއާޕާސަންގެ އިންތިޚާބުގައި ފައްޔާޒުގެ ޓީމުން އެންމެ ބޮޑަށް ދެއްކި އެއްވާހަކައަކީ އެމްޑީޕީގެ މާޒީގައި އަތޮޅު ތެރޭގައި ތިބި ޕާޓީގެ މެމްބަރުންނަށް އަޅާނުލާ ވާހަކައެވެ. ޖަގަހަތައް ހިންގުމަށް އެއްވެސް ހޭދައެއް ނުކުރާކަމުގެ ޝަކުވާއެވެ.
މިކަންކަމަށް ހައްލު ގެނެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޖަގަހައް އަލުން ހިންގައި ޖަގަހަތަކަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަކީ ފައްޔާޒުގެ ވައުދެކެވެ. މިވައުދާއި އެއްގޮތަށް އެމްޑީޕީން މިހާރު ވަނީ ރަށްރަށުގެ ޖަގަހަތަކަށް ބޭނުންވާ ޓީވީތަށް ފޮނުވަން ފަށާފައެވެ. ކޮންމެ ރަށަކަށް 65 އިންޗީގެ 4ކޭ ބޮޑު ޓީވީއެއް ފޮނުވަމުންދާއިރު، މިއީ ޖަގަހަތައް އަލުން ފެށުމަށް އެޅޭ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި އެޕާޓީގެ މެމްބަރުން ދެކެއެވެ.
@MDPSecretariat in rah rashuge jagaha thakah dhookuraa TV thakuge therein Lh Naifaru ge TV e rah rashah fonuvumah e dhaaira ge Raees havaalu vejje pic.twitter.com/M649jjM61H
— Ibrahim Waheed (@ibreys) September 8, 2022
މީގެ އިތުރުން އެޕާޓީން ދަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރަށްރަށުގެ ޖަގަހަތަކަށް ބޭނުންވާ ފައިސާއާއި، ބަޖެޓް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންނެވެ. އިލެކްޝަން ކޮމިޝަނުން އެމްޑީޕީއަށް ދޫކުރާ ފައިސާގެ ތެރެއިން ވަކި ޕަސެންޓެއް ރަށްރަށުގެ ހަރަކާތްތަކަށް ދޭނެކަމަށް ފައްޔާޟު ވަނީ ކެމްޕެއިން ތެރޭގައި ވައުދުވެފައެވެ.
ކޮމެންޓު ފޮނުވާ