އަލަމްގީރު މައްސަލަ: އަނެއްކާވެސް އިތުރު ތިން މީހަކު ހައްޔަރުކޮށްފި

އަލަމްގީރު މައްސަލަ: އަނެއްކާވެސް އިތުރު ތިން މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2022 07:14
0

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްޖިއްސުން ގުޅުން ހިންގި މައްސަލަ ތަކާއި ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފައިވާކަމަށެވެ. ހައްޔަރު ކޮށްފައިވަނީ 40 އަހަރުން މަތީގެ 3 މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 44 އަހަރުގެ މީހާއަށް 10 ދުވަސް، 47 އަހަރުގެ މީހާއަށް 10 ދުވަސް އަދި 50 އަހަރުގެ މީހާއަށް 10 ދުވަސް ވަނީ ދީފައެވެ. އެއްޖިއްސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހުވެސް ވަނީ 3 މީހަކު ހައްޔަރުކޮށްފައެވެ.

ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 4 މީހެއްގެ މައްޗަށް، ވަނީ ދައުވާ އުފުލާފައެވެ. ފުލުހުން މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު މައްސަލާގައި ތުހުތަމު ކުރެވޭ މީހުން ހައްޔަރުކޮށް ތަހުގީގު ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކުޅިވަރު
އެމްޑީޕީންް ތިކަހަލަަ ކުޅިވަރުތައްް އާލާކުރަންް ވަރައްް އެއްބާރުލުންދޭކަމައްް އާއްމުރައްޔިތުންނައްް ގަބޫލުކުރޭޭ ހިސާބައްމިހާރުު ތިކަންކަމައްް ވަންނަނީި ވަރައްދެރަކަމެއްތީީ ޕާޓީންް އިސްނަގައިގެންނަމަވެސްް ތިކަންކަމުންް ދުރުކުވުގެެ މަސައްކަތްބާރައްކުރަންޖެހޭޭ ޕާޓީއަކީީ އާމްް މެމްބަރުންގެެ ހިޔާލާވިސްނުމައްް ހިންގާޕާޓީއަކައްް ހަދަންޖެހޭޭ