މާލޭ ގައި މިއަދު މެންދުރު ތިން ފުލުހަކަށް ހަމަދިން ދެ މީހަކު ފުލުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މަޖީދީ މަގު ޓެޕްކޮން ހާޑްވެއާ ކައިރީގައި މިއަދު 11:50 ހާއިރު ތިން ފުލުހަކަށް ހަމަލާދިނުމަށްފަހު އެދެމީހުން ފިލަން މަސައްކަތް ކުރުމުން މަގުމަތި ބަލަހައްޓަމުންދިޔަ އިތުރު ފުލުހުންނާއެކު އެދެމީހުން ވަނީ ހައްޔަރު ކޮށްފައެވެ.
މިމައްސަލާގައި ފުލުހުން މާބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް މީޑިއާ އޮފިޝަލްވަނީ މިފަދަ ހާދިސާއެއް ހިނގައިގެން އެޅޭކަން ކަށަވަރު ކޮށްދީފައެވެ.
އަދި އަނިޔާވި ފުލުހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. ތިން ފުލުހުންނަށްވެސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ