ޖޫހީގެ "ހަޝްހަޝް" މި މަހުގެ 22 ގައި

ޖޫހީގެ "ހަޝްހަޝް" މި މަހުގެ 22 ގައި

Author
ފާތިމަތު ނާވީ
09 ސެޕްޓެމްބަރ 2022 07:17
0

ބަތަލާ ޖޫހީ ޗައުލާގެ އަލަތު ވެބް ސީރީޒް "ހަޝް ހަޝް" މި މަހުގެ 22 ގައި އެމޭޒަން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ނިންމައިފިއެވެ.

ކާސްޓުންނާއި ކްރޫ ހިމެނޭގޮތަށް އަންހެނުން އިސްކޮށް ތިބެގެން އުފައްދާ މި ސީރީޒަކީ ވިކްރަމް މަލްހޯތުރާ އިސްކޮށް ހުރެގެން އުފައްދާފައިވާ އަބަންޑަންޓިއާ އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ ސީރީޒެކެވެ.

 

View this post on Instagram

 

A post shared by Juhi Chawla (@iamjuhichawla)

"ހަޝް ހަޝް" ގެ ކާސްޓްގައި ކުރީގެ ބަތަލާ އައިޝާ ޖުލްކާ އާއި ސޯހާ އަލީ ޚާނާއި ޝަހާނާ ގޮސްވާމީ އާއި ކްރިތިކާ ކަމްރާގެ އިތުރުން ޓީވީ ބަތަލާ ކަރިޝްމާ ތައްނާ ހިމެނެ އެވެ.

"ހަޝް ހަޝް" ގައި ކިޔައިދޭނީ ވަރަށް ހަމަޖެހިގެން ދިރިއުޅެމުން އައި ބަޔަކަށް ދިމާވާ ހިތާމަވެރި ކަންތައްތަކެއްގެ ވާހަކައެވެ.

މި ސީރީޒްގެ ޑައިރެކްޓަރަކީ ކުރިން ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ތަނޫޖާ ޗަންދުރާ އެވެ. ތަނޫޖާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ކުރީގެ އެކްޓަރު އިރުފާން ޚާންގެ 2017 "ގާރިބް ގާރިބް ސިންގަލް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.