ޒިޔުރިކު ބަލިކޮށް އާސެނަލް ފެށުން ރަނގަޅުކޮށްފި

ޒިޔުރިކު ބަލިކޮށް އާސެނަލް ފެށުން ރަނގަޅުކޮށްފި

ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އޭގައި ޒިއުރިކާ ދެކޮޅަށް ކުޅުނު މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.

ރަށުން ބޭރުގައި ކުލުނު މިމެޗް އާސެނަލޔބް ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ އާސެނަލްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެޓީމަށް އަލަށް ކުޅެމުންދިޔަ މާކީނިއޯސްއެވެ.

މިއީ އެދީ އެންކެއިޓާ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޒިއުރިކްވަނީ އެއްވަރު ކޮށްފައެވެ. އެންކެއިޓާ ޒިއުރިކްގެ އޮލާ ސެލްނޭސްއަށް ފައުލްކުރުމުން ލިބިގެންދިޔަ ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މަރލިންޑް ކްރރިއެޒޫއެވެ. މިމެޗުން އާސެނަލް މޮޅުވި ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ އެންކެއިޓާއެވެ. މިމުބާރާތުގައި ދެން ކުޅޭ މެޗްގައި އާސެނަލް ބައްދަލުކުރާނީ ޕީއެސްވީ އެއިންދްހޯވެންއާއެވެ.

މިގްރޫޕްގައި ޕީއެސްވީ އާއި ބޯޑޯ ގްލިމްޓް ބައްދަލުކުރިމެޗް ޕީއެސްވީގެ ދަނޑުގައި ކުޅެ އެއްލަނޑު އެއްލަނޑުންވީ އެއްވަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *