އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވިކަން ބަކިންހަމް ޕެލެސްއިން އިއުލާނުކުރެއްވުމާ ގުޅިގެން، ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާނީ އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައިކަމަށެވެ. އަދި ރާނީއަކީ އާއްމު ޚިދުތަމާއި، ކެތްތެރިކަމާއި، ޤައުމަށް ވަފާތެރިވުމުގައި ނަމޫނާ ދެއްކެވި ލީޑަރެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ރަސްގެފާނު ޗާލްސް ތިންވަނައަށާއި، ޝާހީ އާއިލާގެ އިތުރުން އިނގިރޭސިވިލާތާއި ކޮމަންވެލްތްގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ދަންނަވާކަމަށް ރައީސްގެ ޓްވީޓްގައިވެއެވެ.
It is with great sorrow that I learnt of the passing of Her Majesty Queen Elizabeth II.
HM the Queen was a shining example of public service, resilience and devotion to one’s country and the greater community of nations.
— Ibrahim Mohamed Solih (@ibusolih) September 8, 2022
އުމުރުފުޅުން 96 އަހަރުގެ ރާނީ އަވަހާރިވެފައިވާކަން ބަކިންގްހަމް ގަނޑުވަރުންވަނީ އިޢުލާނުކޮށްފައެވެ. އެކަމަނާ އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު ދެރަވެ، ފަރުވާދެމުންދަނިކޮށެވެ. އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ޑޮކްޓަރުން ކަންބޮޑުވާކަން މިއަދު ހެނދުނު އެކަމަނާގެ އާއިލާ މެމްބަރުންނާވަނީ ހިއްސާކޮށްފައެވެ.
އިނގިރޭސިވިލާތުގެ ރަސްކަމާ ޕްރިންސް ޗާލްސް މިހާރު ހަވާލުވެވަޑައިގެންފިއެވެ.
ކޮމެންޓު ފޮނުވާ