ގޯތި މައްސަލާގައި މާލޭގެ 16 މަންދޫބަކާއި ރައީސް ނަޝީދު މާދަމާ ބައްލުކުރަނީ

ގޯތި މައްސަލާގައި މާލޭގެ 16 މަންދޫބަކާއި ރައީސް ނަޝީދު މާދަމާ ބައްލުކުރަނީ

Author
މުޙައްމަދު ޝަޒައިމް
18 ނޮވެމްބަރ 2020 10:20
0

"މާލޭ ސިޓީ ރައްޔިތުން ގޯތި ހޯދުން' ވަތަނީ ޙަރަކާތުގެ ފަރާތުން މާލޭ ސިޓީގެ ހުރިހާ ސަރަޙައްދު ތަކަކަށް ނިސްބަތްވާ 16 މަމްދޫބަކާއި މަޖިލިސް ރައީސް މާދަމާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް އެހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވިދާޅުވެއްޖެއެވެ.

މާދަމާ މެންދުރު12 ޖަހާއިރު މަޖިލިސް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުމުގައި މަޖްލިސް ރަޢީސް، ރައީސް މުޙައްމަދު ނަޝީދު އާއި ބައްދަލު ކުރަން ބޭނުންވާ ސަބަބުތަކުގެ ގޮތުގައި "މާލޭ ސިޓީ ރައްޔިތުން ގޯތި ހޯދުން" ހަރަކާތުން ހުށަހަޅާފައިވަނީ ރައީސުލްހުމްހުރިއްޔާއާއި، އެމް.ޑީ.ޕީން އަދި ރައީސް ނަޝީދު ވަޢުދުވެލެއްވި ގޮތަށް ސަރުކާރުގެ މިހާރުގެ ޕްލޭން ތަކަށް މާބޮޑު ބަދަލު ތަކެއް ނުގެނެސް، ރާއްޖެތެރޭގެ ރަށްތަކުން އެރަށްރަށުގެ ފަރުދުންނަށް ގޯތިދޭ އެއްހަމައަކުން މާލޭ ސިޓީގެ 18 އަހަރު ފުރިފަތިބި ހުރިހާ ފަރުދުންނަށް ގްރޭޓާރ މާލެ ސަރަހައްދުން ގޯތި ދިނުމަށް ޢަޤުދު ކުރުމާއި އެކު މާލޭ ޕޯރޓް (ކެޕޭސިޓީ ލިމިޓްނުކޮށް އިތުރަށް ފުޅާކޮށް) އެޅޭނެ ގޮތްތަށް ހިއްޞާ ކުރުމެވެ.

އަދި އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތިދޭ އުސޫލުން މާލެސިޓީ (ގްރޭޓަރ މާލެ) ގެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ގޯތިނުދޭން ސަރުކާރުން ނިންމި ނިންމުން ބަދަލުކުރެއްވުމަށް އެދި މާލޭ ސިޓީ ރައްޔިތުންގެ ވަފުދުން ދެންނެވުމަށް ހަމަޖެހިފައިވެއެވެ. މާލެސިޓީ (ގްރޭޓަރ މާލެ) ގެ ސަރަހައްދުން ހިއްކާ ބިންތައް ވިޔަވާރިވެރިންނަށް ވިއްކާ ދިގުމުއްދަތަށް ކުއްޔަށް ދިނުމުން މާލޭގެ ރައްޔިތުންނަށް އިއާދަނުކުރެވޭވަރުގެ ގެއްލުން ލިބި މާލޭގެ ރައްޔިތުން ރާއްޖޭގެ އެތަން މިތަނަށް ވިއްސިވިހާލި ކުރުވާނެ އަނިޔާވެރި ސިޔާސަތެއްކަން ޔަޤީންވާތީ އެކަން އެގޮތަށް ނުކުރެއްވުމަށްވެސް ފެންނެވުމަށް ވަނީ ހަމަޖެހިފައެވެ..

ހަމަ އެހެންމެ ވަޢުދާއި އެއްގޮތަށް ގުޅިފަޅު، ހުޅުމާލެ އިން ގޯތި ނުދީ ގުޅިފަޅު މާލޭޕޯޓް ގެ ބަޔަކަށް ހިމެނުމާ ހުޅުމާލެ ފޭސް 2 އެޗް.ޑީ.ސީ ގެ އެސެޓްގެ ގޮތުގަ ހަމަޖެއްސުމުން މާލެސިޓީގެ ރައްޔިތުންނަށް ވޭތުވެދިޔަ ސަރުކާރުތަކުން ގޯތިދޭނެކަމަށް ވިވައުދާއެއްގޮތަށް ގޯތިނުދިނުމުން ލިބުނު އަނިޔާއަށް ވުރެބޮޑަށް މިސަރުކާރުން މިހާރު ހިންގާ އަމަލުގެ ސަބަބުން މާލޭ ރައްޔިތުންނަށް ލިބެމުންދާ އަނިޔާގެ ވާހަކަ މަޖްލިސް ރަޢީސް އަށް ދެންނެވުމާއި، އަދި މިކަންކަމަކީ މާލޭ ރައްޔިތުން މިސަރުކާރާ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ނުރުހި މިހާރު އިތުބާރު ގެއްލިފައިވާ ކަންކަން ކަމުގައި ދެންނެވުމަށް ހަމަޖެހިފައިވާކަމަށްވެސް އެހަރަކާތުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.