ވެރިކަން ބަދަލުވެގެން މިހާތަނަށް އައިރުވެސް ބޭނުން ކުރައްވަމުންދަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ބޭނުން ކުރެއްވި ގޮޑި ކޮޅު ކަމުގައި މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޓުވިޓާގައި މީހަކު ފައްޔާޒުގެ ހައިބަތު މިހާރު ބޮޑުވެ އިށީގެ ވަޑައިގަންނަވާ ގޮޑިކޮޅު ބޮޑުވެފައިވާކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓާއި ގުޅިގެން މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ އެމަނިކުފާނަށް އަދި ގޮޑިކޮޅު ބަދަލުކުރައްވަން ވަގުތެއް ނުލިބޭކަމަށެވެ. މިހާރުވެސް ބޭނުން ކުރައްވަމުންދަނީ ކުރީގެ މިނިސްޓަރ ސައީދު ބޭނުންކުރެއްވި ގޮޑިކޮޅު ކަމަށް ވަނީ ވިދާޅުވެފައެވެ.
Alhugandah libunee Bro Saeed beynunkurehvi gondikolhu. Adhi miulhenee aa koh nulevigen. https://t.co/2cQuxpTNxK
— Fayyaz Ismail (@faya_i) November 18, 2020
މިނިސްޓަރ ފައްޔާޒާއި ގުޅޭތުން ޓްވީޓް ކުރެއްވި މީހާ ބުނެފައިވަނީ މިނިސްޓަރ ފައްޔާޒަކީ މިހާރު ކެބިނެޓްގެ ހުރިހާ ވަޒީރުންގެ "ބޮސް" އެއް އެކަނި ނޫންކަމަށެވެ. މިނިސްޓަރ ފައްޔާޒަކީ މިއަދު މުޅި ދައުލަތުގެވެސް "ބޮސް" ކަމަށެވެ. ޓުވިޓާގައި ދޭތެރެ ދޭތެރެއިން މިނިސްޓަރ ފައްޔާޒަށް ނިސްބަތްކޮށް މިފަދަ ޓުވީޓުތައް ކުރެއްވިނަމަވެސް އެމަނިކުފާނަކީ ވަރަށް އާދައިގެ ދިރިއުޅުމެއް ދިރިއުޅުއްވަމުންދާ މީހެއްކަމަށް ބައެއް ފަރާތްތަކުން ވިދާޅުވެއެވެ.
މިނިސްޓަރ ފައްޔާޒަކީ މިސަރުކާރުގެ "ބްރޯ" ކަމަށް އެމްޑީޕީގެ ތެރެއިން ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ ބުނެފައެވެ. އަދި އެމަނިކުފާނު ދަނީ ސަރުކާރުގެ ތެރޭގައި އަތްދަގަކޮށް ބާރުތައް ނަގަމުންކަމަށްބުނެ މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންވައިގެން މަޖިލިސް ތެރެއިން ނެގުމަށް ވަނީ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެމަަސައްކަތާއި ދެކޮޅަށް ރައީސް ޞާލިހު ނިކުމެ ވަޑައިގެން ވަނީ މިނިސްޓަރަ ފައްޔާޒު ދިފާއު ކުރައްވާފައެވެ.
މިނިސްޓަރ ފައްޔާޒް އިސްމާއިލްއަކީ މިސަރުކާރުގެ ވައުދުތައް ފުއްދުމުގަޔާއި، ތަންފީޒީ މަރުހަލާގައިވެސް އެންމެބުރަކޮށް މަސައްކަތް ކުރައްވާ އެއްވަޒީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ކޯވިޑް19ގެ ހާލަތުގައިވެސް ދިމާވި މައްސަލަތައް ހައްލުކޮށް ދެއްވުމުގައި މިނިސްޓަރ ފައްޔާޒު ވަރަށްބުރަކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ