އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް ލިޒް ޓްރަސް އިންތިޚާބު ކޮށްފި

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް ލިޒް ޓްރަސް އިންތިޚާބު ކޮށްފި

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް، އެގައުމުގެ ފޮރިންގ ސެކެޓްރީގެ މަގާމުގައި ހުންނެވި ލިޒް ޓްރަސް އިންތިޚާބު ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ކޮންޒަރވޭޓިވް ޕާޓީގެ ލީޑަރޝިޕް އިންތިޚާބު ލިޒް ޓްރަސް ކާމިޔާބު ކުރެއްވުމާއެކު، މާދަމާ އޭނާ އިނގިރޭސިވިލާތުގެ ބޮޑުވަޒިރުކަމާއި ހަވާލުވެ ވަޑައިގަންނަވާނެއެވެ. އަދި މިހާރު ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން މަގާމުން ދުރަށް ވަޑައިގަންނަވާނެއެވެ.

ލިޒް ޓްރަސްއަކީ ބޮރިން ޖޯންސަންގެ ކެބިނެޓްގައި ފޮރިންގ ސެކެޓްރީގެ މަގާމް އަދާކުރައްވަމުން ގެންދެވި ވަޒީރެވެ.

ލިޒް ޓްރަސް ކޮންޒަރވޭޓިވް ޕާޓީގެ ލީޑަރޝިޕް އިންތިޚާބު ކާމިޔާބު ކުރެއްވީ ކުރީގެ ޗާންސެލަރ ރިޝީ ސުނަކް ބަލިކޮށް، ކޮންޒަރވޭޓިވް ޕާޓީގެ މެމްބަރުންގެ %57 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ރިޝީ ސުނަކްއަށް ކާމިޔާބު ކުރެއްވުނީ %43 ވޯޓެވެ.

މި އިންތިޚާބުގެ ކެމްޕޭންގައި ލިޒް ޓްރަސް އިންތިޚާބު ކާމިޔާބު ކުރައްވާނޭކަމަށް ކުރިންވެސް ވަނީ ލަފާ ކުރެވިފައެވެ. އޭނާއަކީ ޕާޓީގެ މެމްބަރުންގެ މެދުގައި ތާއީދު އޮތް ފަރާތަކަށްވި ނަމަވެސް، ފަހުބުރުގައި އޭނާއަށް ލިބިވަޑައިގެންފައިވަނީ، ވޯޓުގެ ފުރަތަމަ ބުރުގައި އޭނާއަށް ތާއީދުކުރެއްވި މެމްބަރުންގެ ތިންބައިކޮށްފަ އެއްބައިގެ ވޯޓެވެ.

ބޮޑުވަޒީރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު، އޭނާވަނީ ވަގުތުން ކޮންޒަރވޭޓިވް ޕާޓީގެ ލީޑަރުކަމާއި ހަވާލުވެ ވަޑައިގެންފައެވެ. އޭނާ އިނގިރޭސި ބޮޑުވަޒީރުކަމާއި ހަވާލުވެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައި އިނގިރޭސި ރާނީއާއި ބައްދަލު ކުރެއްވުމަށްފަހުއެވެ.

ޕާޓީގެ ލީޑަރުކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު، ލިޒް ޓްރަސް ޕާޓީގެ މެމްބަރުނާއި މުޚާތަބުކުރައްވަން ފެއްޓެވީ އޭނާއާއި ވާދަ ކުރެއްވި ރިޝީ ސުނަކްއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެއަށްފަހު ލިޒަވަނީ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް ވަރަށްބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކަވާފައެވެ.

ބޮރިސްވަނީ ބްރެގްޒިޓް ފުރިހަމަ ކޮށްދެއްވާފަ. ޖެރެމީ ކޯބީން (އިދިކޮޅު ޕާޓީގެ ލީޑަރު) ބަލި ކުރައްވާފަ. ރައްޔިތުންނަށް ވެކްސި ފޯރުކޮށްދީ ފުރިހަމަ ކޮށްފަ. އަދި ލާޑިމިރު ޕުޓިންއަށް ގޮންޖައްސަވާ އެގޮތުގައި ދެމިހުންނަވާފަ. ކީވްއިން (ޔޫކުރެއިގް ވެރިރަށް) ކާރލިސްލްއަށް (އިނގިރޭސިވިލާތުގެ އިދާރީ މަރުކަޒު) ތިޔައީ މިސާލެއް."

ބޮރިސް ޖޯންސަންއަށް ތައުރީފް ކުރައްވަމުން ލިޒް ޓްރަސް ވިދާޅުވިއެވެ.

އަހަރެންނަށް އެނގޭ އަހަރަމެން ގަބޫލުރާ ގޮތް އެއީ އިނގިރޭސިވިލާތުގެ ރައްޔިތުންގެ އިހުސާސްތައްކަން.

އެއްވެ ތިބި ކޮންޒަރވޭޓިވް ޕާޓީގެ މެމްބަރުންނާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

"އަހަރެން ކެމްޕޭން ކޮށްފައިވާނީ ކޮންޒަރވޭޓިވްއެއްގެ ގޮތުގައި. އަދި ދަމަހައްޓާނީވެސް ކޮންޒަރވޭޓިވް ސަރުކާރެއް.

އިނގިރޭސި ގާނޫނު އަސާސީގައި ވާގޮތުން، މާދަމާގެ ވަގުތެއްގައި، މަގާމުން ވަކިވެވަޑައިގަންނަވާ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއެކު އާ ބޮޑުވަޒީރު ލިޒް ޓްރަސް ރާނީގެ އަރިހަށް ވަޑައިގަންނަވާނެއެވެ. އަދި ލިޒް ޓްރަސް އެކުލަވާލައްވާ ސަރުކާރަށް، ރާނީގެ ރުހުން ރަސްމީކޮށް ހޯދާންޖެހެއެވެ.

ރާނީއާއި ބައްދަލު ކުރެއްވުމަށްފަހު، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޑައުނިންގ ސްޓްރީޓަށް ވަޑައިގެން ލިޒް ޓްރަސް އޭނާގެ ކެބިނެޓް އިއުލާން ކުރައްވާނެއެވެ. އަދި މި ހަފްތާގެ ބުދަ ދުވަހު އޭނާ ގާނޫނުހަދާ މަޖިލިހުގައި ފުރަތަމަ ފަހަރަށް މެމްބަރުންގެ ސުވާލުތަކާއި ކުރިމަތިލައްވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *