ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ޤައުމު ހަރާބުކޮށްލާ، މަޖިލިސް ކޯޓަކަށް ހަދައިފި: ސަން ސިޔާމް

ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ޤައުމު ހަރާބުކޮށްލާ، މަޖިލިސް ކޯޓަކަށް ހަދައިފި: ސަން ސިޔާމް

Author
މުޙައްމަދު ޖިމީ
18 ނޮވެމްބަރ 2020 03:21
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުޑީޝަލް ސާރވިސް ކޮމިޝަންގައި އިންނަވައިގެން މަޖިލިސް ކޯޓަކަށް ހައްދަވާފައިވާ، މުޅި ޤައުމު ހަރާބުކޮށްލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން ސިޔާމް ވިދާޅުވީ، ކޯވިޑާއި ގުޅިގެން ައުމުގެ އިޤްތިޞާދު ހީނަރުވެގެން ދިޔުމުން ބޭރުގެ ކުންފުނިތަކުން ދިވެހި މުވައްޒަފުން ވަކިކޮށްފައިވާކަމަށެވެ. ނަމަވެސް ސިޔާމްގެ އަމިއްލަފުޅު ކުންފުނިގައި މަސައްކަތްކުރާ 7 ހާސް މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް މުސާރަ ބަރާބަރަށް ދެއްވަމުން ގެންދަވާކަމަށް ސިޔާމް ވިދާޅުވިއެވެ. ސިޔާމް އޭނާގެ ކުންފުންނަށް ދީފައިވާ ގެރެންޓިގެ ވާހަކަތައްވެސް ދައްކަވަން ފެށްޓެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވަނީ އަމިއްލަ ވިޔަފާރީގެ ވާހަކަ ދެއްކުމަކީ ޤަވާއިދު ތަންދޭކަމެއް ނޫންކަމަށާއި، އެއީ ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ސިޔާމް ވިދާޅުވީ އެމަނިކުފާނު ދައްކަވަނީ މުޅި ދިވެހި ރައްޔިތުންނާއި ގުޅިފައިޥާ ވާހަކަތައްކަމަށެވެ.

އެހިސާބުން މަޖިލީހުގެ ތަޅުމުގައި ދެބޭފުޅުންގެ ވާހަކަފުޅުތައް ހޫނުވެގެން ދިޔައެވެ. ސިޔާމް ވިދާޅުވީ ދައްކަވަނީ ރާއްޖޭގައި އަދުލް އިންސާފް ޤާއިމްވެ ނެތްކަމުގެ ވާހަކަކަމަށެވެ.

އަޅުގަނޑު މިދައްކަނީ ޖުޑީޝަލް ސާރވިސް ކޮމިޝަނުން ބޭނުންގޮތަކަށް މަނިކުފާނު ތިތާ އިންނަވައިގެން ބޭނުންގޮތަކަށް ކަންތައް ކުރާވާހަކަ. ބޭރު ޤައުމަކުން އައިސް ދިވެހި ރައްޔިތުންގެ މުދާ ފޭރިގަންނައިރު ތިބޭފުޅުން އެމީހުންނަށް އެހީތެރިވާ ވާހަކަ. އަޅުގަނޑުމެން އެބަޖެހޭ ޒާތީ ނުވެ ކަންތައްތައްކުރަން.

-މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވއިންތިޚާބުވެވަޑައިގަތީ އަދުން އިންސާފް ޤާއިމްކޮށްދޭނެކަމުގެ ވައުދާއެކުކަމަށާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުޑީޝަލް ސާރވިސް ކޮމިޝަންގައި އިންނަވައިގެން ރައްޔިތުންގެ މަޖިލިސް ކޯޓަކަށް ހައްދަވާފައިވާކަމަށެވެ.

މުޅި މިމަޖިލިސް ހަރާބުކޮށްލައިފި. މުޅި މި ޤައުމު ހަރަބުކޮށްލައިފި. ބައްލަވާ އެއްވެސް އުސޫލެއް ޤަވާއިދެއްނެތި މީހުންގެ އެކައުންޓްތައް ފްރީޒް ތިކުރައްވަނީ. ޤާނޫނުތަކާއި ޤަވާއިދެއްނެތި. އެއްޗެއް ހުރިގޮތަށް ބަހައްޓާފައި.

–މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު

ސިޔާމްގެ މިވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ރައީސް ވަނީ އެކައުންޓް ފްރީޒްކުރި ވާހަކަ މަޖިލީހުގައި ނުދެއްކުމަށް ގޮވާލައްވާފައެވެ. ރައީސް ނަޝިދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސިޔާމް ވިދާލުވީ ހިލްޓަން ކުންފުނާއި ގުލިގެން ބޭރަށް ފައިސާ ގެންދިއުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވާކަމަށެވެ.
ސިޔާމް ވަނީ ޖޭއެސްސީން ޤައުމު ހަރާބުކޮށްފައިވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ރައީސް ބޭނުންފުޅުވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަޤާމުން ދުރުކުރައްވަންކަމަށްވެސް ސިޔާމް ތުހުމަތުކުރެއްވިއެވެ.

ރައީސް ނަޝީދާއި ސިޔާމް އިޝާރާތްކުރެއްވި ހިލްތަން ކުންފުނީގެ މައްސަލައަކީ 2013 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގަމުން އައިމައްސަލައެކެވެ. ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމާފައިވަނީ ސަން ސިޔާމްގެ ސަންޓްރެވެލް ކުންފުނިން 2009 ވަނަ އަހަރު ހިލްތަން ކުންފުންޏާއެކު ހަދާފައިވާ އެއްބަސް އުވާލާފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމާ ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.