ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮޕް ފިލްމް ކުޅޭ އަގު ކުޑަ ކުރުމަށް ޕުރޮޑިއުސަރުން ބާރު އަޅަމުން އަންނަ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
އަދި މިއާއި އެކުގައި މާކެޓްގައި ޓައިގާ ގެ އަގު ވެއްޓިފައި ވާކަމަށް ވެއެވެ. ޓައިގާ "ގަނަޕަތު" އަށް 35 ކްރޯޑް ރުޕީސްގެ ފީއެއް ނެގިއިރު "ބަލޭ މިޔާ ޗޯޓޭ މިޔާ" އަށް ނެގީ 45 ކްރޯޑް ރުޕީސް ނެގި ނަމަވެސް ކަރަން ޖޯހަރުގެ "ސްކްރޫ ދީލާ" އަށް 35 ކްރޯޑްގެ ފީއެއް ދުނުމާއި މެދުގައި ފިލްމް އުފައްދާ ފަރާތުންނާއި ޓައިގާ އާއި ދެމެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ހަބރުތަށް ބުނެއެވެ.
މީގެ އިތުރުން 50% އަށް ޓައިގާ ގެ އަގު ކުޑަ ކުރުމަށް ޕްރޮޑިއުސަރުން އެދެމުން އަންނަ ކަމަށް ވެސް ރިޕޯޓްތަށް ބުނެއެވެ. އެއާއި އެކުގައި އޭނާގެ ފިލްމް ކުޅޭ އަގު މިހާރު ވަނީ ދަށްވެފައި ވަނީ 17-20 ކްރޯޑް ރުޕީސް އަށް ދަށްވެފައިއެވެ.
ޓައިގާގެ އަގު ދައްކުރުމަށް ޕްރޮޑިއުސާއިން ބާރު އަޅަނީ މިހާރު ފިލްމް ތަަކަށް ކުރިން އޮންނަ ޑިމާންޑް މިހާރު ނެތުމުގެ ސަބަބުންނެވެ. އަދި ބޮޑެތިި ތަރިންގެ ފިލްމް ތަށް ވެސް ފްލޮޕް ވަމުން ދާތީއެވެ.
މިވަގުތަށް ޓައިގާގެ ފީ ދަށްކުރަން ޖެހުނަސް އެއީ ވަގުތީ ކަމެއް ކަމަށްވެ އެވެ. މި އަހަރު ރިލީޒްކުރި އޭނާގެ ފިލްމް "ހީރޯޕަންތީ 2″ އަކީ ކާމިޔާބު ފިލްމްއެކެވެ.