ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

Author
މުޙައްމަދު ޝަޒައިމް
31 އޮގަސްޓް 2022 07:25
0

ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ މި ތަކެތި އަތުލައިގަތީ މިމަހުގެ 25 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައިކަމަށެވެ. އަދި ޖަރުމަނުން ރާއްޖެ ގެނެސްފައިވާ މި ޕެކޭޖްތަކުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 4 ޕެކެޓެއް ފެނިފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 1087 ގްރާމް ކެޓަމިން އައި 587 ގްރާމް ކޮކެއިންކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.6 ކިލޯ ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު 5 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިމައްސަލައިގައި ޝާމިލުވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި އިތުރަށް ތަހުޤީޤްކުރުމަށްޓަކައި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.