"ޖަލަކް ދިކްލާޖާ" ދައްކަން ފަށަނީ އަންނަ މަހު 3ގައި

"ޖަލަކް ދިކްލާޖާ" ދައްކަން ފަށަނީ އަންނަ މަހު 3ގައި

Author
ފާތިމަތު ނާވީ
31 އޮގަސްޓް 2022 04:37
0

ރިއަލިޓީ ޓީވީ ޝޯ "ޖަލަކް ދިކްލާޖާ" ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ދައްކަން ފަށަން ތައްޔާރުވެ، މިހާރު އަންނަނީ ޝޯގެ ބައިވެރިންނާ އެކުގައި ޕްރޮމޯތައް ވެސް ދައްކަމުނެނެވެ.

ސެލެބްރިޓީންނާއި އެކުގައި ކުރިއަށް ގެންދާ މި ޝޯ ދައްކަނީ ކަލާސް ޓިވީންނެވެ. މި ޝޯ 10 ވަނަ ސީޒަން ދައްކަން ފަށާ ދުވަސް މިހާރު ވަނީ ކަށަވަރު ވެފައިއެވެ. އެގޮތުން ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 19:30 ގައި ޝޯތައް ދައްކަން ފަށާއިރު ޝޯގެ ޕްރިމިއާ އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

"ޖަލަކް ދިކްލާޖާ"ގެ ޖަޖުންގެ ޕެނަލުން ފެނިގެންދާނީ ބޮލީވުޑް "އައިޓަމް ގާލް"ގެ ގޮތުގައި މަޝްހޫރު ނޯރާ ފަތޭހީ އާއި އެފަދަ ދެވަނައެއް ނެތް ބޮލީވުޑްގެ ކުރީގެ އެކްޓްރެސް އަދި ކުޅަދާނަ ނެށުންތެރިއާ މާދުރީ ޑިކްސިޓް އާއި ބޮލިވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

މި ޝޯގެ އެންމެ ފަހު ސީޒަން ދައްކާފައިވަނީ 2016 ން 2017 އަށެވެ. އެ ސީޒަންގައި ޖަޖުކަން ކުރީ ފިލްމީ ތަރި ޖެކޮލީން ފެރްނާންޑޭސް އާއި ކަރަން ޖޯހަރް އަދި ކޯރެއޮގްރާފަރ ގަނޭޝް ހެގްޅޭގެ އިތުރުން ފަރާ ޚާނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.