ރަންވީރުގެ ބަޔާން: ފޮޓޯތައް މައްސަލަ އަކަށް ވެދާނެ ކަމަށް ހިޔެއްނުކުރަން

ރަންވީރުގެ ބަޔާން: ފޮޓޯތައް މައްސަލަ އަކަށް ވެދާނެ ކަމަށް ހިޔެއްނުކުރަން

Author
ފާތިމަތު ނާވީ
01 ސެޕްޓެމްބަރ 2022 06:47
0

ދާދި ފަހުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް މަޖައްލާއެއްގެ ފޮޓޯ ޝޫޓަކަށް ބަރަހަނާވި މައްސަލައެއް ޖަމިއްޔާ އަކުން ފުލުހުންނަށް ވަނީ ހުށައަޅާފައެވެ.

މި މައްސަލަގަނޑު ހޫނުވެ އެންމެ ފަހުން މިމަހުގެ 22 ވަނަ ދުވަހު ރަންވީރު ފުލުހަށް ހާޒިރުވުމަށް ވަނީ އޭނާއަށް ޗިޓު ފޮނުވާފައެވެ. ނަމަވެސް މަސައްކަތްތަކެއްގައި ބިޒީވެގެން އިތުރު ވަގުތު ދޭން އެދުމުން، ރަންވީރު ފުލުހަށް ހާޒިރުވީ ހޯމަ ދުވަހު ހެނދުނުއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޗެމްބޫރުގެ ޕޮލިސްސްޓޭޝަނަށް ރަންވީރު ވަނީ ހޯމަ ދުވަހު ހެދުނު 7 ޖެހިއިރު ހާޒިރުވެފައެވެ. އަދި އެތަނުން އޭނާ ނުކުމެގެން ގޮސްފައިވަނީ 9:30 ގައި ކަމަށް ރިޕޯޓުތައް ވަނި ބުނެފައެވެ. ދެ ގަޑިއެއްހާ އިރަށް ކުރިއަށް ދިއަ މި ސުވާލު ކުރުމުގައި އޭނާ ބުނެފައި ވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފޮޓޯތަކުގެ ސަބަބުން އެއްވެސް މައްސަލައެއް ނުކުމެދާނެކަަމަށް ހީކުރެވިފައި އަދި ހިޔާލު ކުރެވިފައިވެސް ނުވާ ކަމަށެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

މި ފޮޓޯތަކުގެ ދިފާއުގައި ވާހަކަދައްކަމުން ރަންވީރު ބުނެފައިވަނީ އެންމެ ފުރަތަމަ އެ ފޮޓޯތަށް އާންމުކުރީ އޭނަ އަމިއްލައަށް ނޫން ކަމަށާއި އަދި އެ ފޮޓޯތައް މައްސަލައަކަށް ވެސް ވެދާނެ ކަމަށް ހީނުކުރާ ކަމަށެވެ.

މުމްބާއީގެ ޗެމްބޫރް ޕޮލިސް ސްޓޭޝަނަށް އަމިއްލަ ޖަމިއްޔާއަކުން ހުށައެޅި އެ މައްސަލާގައި ބުނެފައިވަނީ އެއީ އަންހެނުންގެ ޖަޒުބާތުތަކަށް ފުރައްސާރަކުރުމުގެ ގޮތުން ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ރަންވީރުގެ މި އަމަލުގެ ސަބަބުން އޭނާއާ މެދު ފިޔަވަޅު އަޅަށް ޖެހޭކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

މަޝްހުރު ބަތަލާ ދީޕިކާ ޕަޑުކޯން ގެ ފިރިމީހާ ކަމަށްވާ ރަންވީރު ވަނީ އެ ޝޫޓޫގެ ބައެއް ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ. ބައެއް ފޮޓޯތައް ނަގާފައި ހުރި ގޮތުން އޭނާ އެއްވެސް އެއްޗެއް ނުލައި އެކޮށް ބަރަހަނާ ވެފައި ވާކަމަށް ފެންނަން ހުރިއިރު އަނެއްބައި ފޮޓޯތަކުގައި އޭނާ ހުރީ ކަޅުކުލައިގެ ޖަންގިޔާއެއް ލައިގެންނެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

މި ފޮޓޯ ޝޫޓްގެ މައްސަލަތައް ފެންމަތިވުމުގެ ކުރިންވެސް ރަންވީރު ފާހަގަ ކުރެވިގެން ގޮސްފައިވަނީ ވަރަށް ތަފާތު ސްޓައިލް ތަކަށް ހެދުން އަޅާ ތަރިއެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.