ކ.ތުލުސްދޫގައި ޓްރެއިނިންގ ސެންޓަރ އެއްގާއިމްކުރުމަށް ތުލުސްދޫ ކައުންސިލާއި އެވިޑް ކޮލެޖާއި ދެމެދު އެއޯޔޫއެއްގައި ސޮއި ކޮށްފިއެވެ. މިއީ ތުލުސްދޫގައި ތަޢުލީމީ ރަނގަޅު ޖީލެއް ބިނާކުރުމުގެ މަގްސަދުގައި، ރަށުގައިތިބެގެން މަތީތަޢުލީމް އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެގޮތުން ތުލުސްދޫކައުންސިލާއި އެވިޑް ކޮލެޖްއާއި ދެމެދު ސޮއެކުރެވުނު އެމްއޯޔޫއެކެވެ.
މި އެމްއޯޔޫގެ ދަށުން ތުލުސްދޫގައި ހިންގޭ މި ޓްރެއިނިންގް ސެންޓަރއިން ތުލުސްދޫގައި ހުރެގެން އެވިޑް ކޮލެޖުން ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި ޓްރެއިނިން ސެންޓަރ ގާއިކޮށް، މިތަނުގައި ހިންގޭ ކޯސްތަކުގެ މައުލޫމާތު އެވިޑް ކޮލެޖާއި ތުލުސްދޫ ކައުންސިލުން ލިބޭނެކަމަށް ތުލުސްދޫ ކައުންސިލުން ހާމަ ކޮށްފައި ވެއެވެ. ޓްރެއިނިންގ ސެންޓަރ ހިންގާ ކޯސްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އެވިޑް ކޮލެޖްގެ ލެކްޗަރާސްއިންނެވެ.

ތުލުސްދޫ ކައުންސިލާއި އެވިޑް ކޮލެޖާއި ދެމެދު އެއޯޔޫއެއްގައި ސޮއިކުރުމަށްބޭއްވުނު ބައްދަލުވުމުގައި އެވިޑް ކޮލެޖްގެ ޗެއަރމަން، ﷲއަބްދު މުސްތާގް ރަޝާދު ވިދާޅުވީ މިފަދަކަމެއް ކާމިޔާބުކަަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ރަށުކައުންސިލާއި އިދާރާތަކުން ލިބޭ އެއްބާރުލުން ފާހަގަކުރާކަމަށެވެ. އަދި މިފަދަ ކަންކަން ފުރިހަމަޔަށް ހިންގުމަށްޓަކައި މަޝްވަރާގެ މުހިންމުކަން އެވިޑް ކޮލެޖްގެ ޗެއަރމަން ފާހަގަކުރައްވާފައި ވެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ތުލުސްދޫ ކައުންސިކުންވަނީ މިފަދަކަމެއް ރަށުގައި ކުރިއަށް ގެންގޮސްދޭތީ އެވިޑްކޮލެޖަށް ޝުކުރު އަދާކޮށްފައެވެ. އަދި ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނޭގޮތަށް އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް ތުލުސްދޫ ކައުންސިލުންވަނީ އެދިފައެވެ.
އެވިޑްކޮލެޖްގެ ފަރާތުން ވަނީ ފާއިތުވެދިޔަ ތަނުގައި ތުލުސްދޫގައި އޯޕަންޑޭއެއް ބާއްވައި ކޯސްތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައެވެ. މި އޯޕަންޑޭގައި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ކޯސްތަކުގައި ރެޖިސްޓްރީކުރުމުގެ ފުރުސަތުވަނީ ފަހި ކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ