އެފްކޮންސްއިން ބުނަނީ ކުރިޔަށް އޮތް ދެ ދުވަސްތެރޭ ޕްލެޓްފޯމް ފަރުމަތިން ނަގާނެ ކަމަށް

އެފްކޮންސްއިން ބުނަނީ ކުރިޔަށް އޮތް ދެ ދުވަސްތެރޭ ޕްލެޓްފޯމް ފަރުމަތިން ނަގާނެ ކަމަށް

Author
ހުސެއިން
23 އޮގަސްޓް 2022 06:42
0

ތިލަމާލެ ބްރިޖް އަޅަމުންދާ އެފްކޮންސްއިން ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓް ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރިތާ ފަސްދުވަސް ފަހުން، އެ ޕްލެޓްފޯމް ފަރުމަތިން ނަގާނެކަމަށް އެފްކޮންސްއިން ބުނެފައިވާކަން އީޕީއޭއިން ހާމަ ކޮށްފިއެވެ.

ބްރިޖް ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރާފައިވަނީ، ބްރިޖް އެޅުމަށްޓަކާ ވިލިމާލެ ކަނޑުއޮޅި ބަންދުކުރި ދުވަހުގެ ފަހު ދުވަހުއެވެ. އެފްކޮންސް އިން ބުނެފައިވަނީ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމުގައެވެ.

އެންވަޔަރމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ހާމަ ކޮށްފައިވާ ގޮތުގައި ބްރިޖް މަޝްރޫއު ކުރިޔަށް ގެންދާ އެފްކޮންސްއާއި ޕްލޭނިން މިނިސްޓްރީއާއެކީ ވަނީ މަޝްވަރާ ބައްދަލުވުމެއް ކުރިޔަށް ގެންދެވިފައެވެ. މި ބައްދަލުވުމުގައި، ޕްލެޓްފޯމް ފަރުމަތިން ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައި ވެއެވެ.

އީޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި، ޕްލެޓްފޯމް ކުރިޔަށްއޮތް ދެދުވަހުގެ ތެރޭގައި ނަގާނޭކަމުގެ ޔަގީންކަން އެފްކޮންސްއިންވަނީ ދީފައެވެ.

ބްރިޖް ޕްލެޓްފޯމް ފަރުމަތިން ނުނެގި ގިނަ ދުވަސް ވަމުންދާތީ އީޕީއެއަށާއި އަދި ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްއަށްވެސް ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތަކުގައި އިހުމާލުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ފާއިތުވެދިޔަ ތަނުގައިވަނީ ޖޫރީމާނާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
Mivaru bayakah elheynee konkahala bridge eh baa