އަލީ ސާލިހަށް ހަމަލާ ދިނީ، ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަ ކުރި މިހާ

އަލީ ސާލިހަށް ހަމަލާ ދިނީ، ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަ ކުރި މިހާ

Author
ހުސެއިން
22 އޮގަސްޓް 2022 08:25
0

ޖުމުހޫރީ ޕާޓީގެ އިސް ތަރުޖަމާން އަލީ ސާލިހަށް ހަމަލާ ދިނީ، ފާއިތުވި ޖުލައިމަހުގެ 1 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދު ކުރިޔަސް ދަނިކޮށް، ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަ ކުރި މީހާކަން ހާމަވާ ވޯޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިހާރި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، މިމީހާ ވަނީ އަތުއޮތް ކަޓަރަކުން އަލީ ސާލިހުގެ ކަރަށް ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ. ހުޅުމާލޭގައި ސައިކަމުގައި ދުވައްވަމުން ދަނީކޮށް ސައިކަލް ހުއްޓުވާ އޭނާ އަލީ ސާލިހަށް ހަލަމާ ދޭން މަސައްކަތް ކުރުމުން އޭނާވަނީ ސައިކަލް ދޫކޮށްލާފަ ދުރަށް ދުވެފައި ގޮސްފައެވެ. ބެލެވޭ ގޮތުގައި އޭނާގެ އަތުގައި ކަޓަރު އެޅި ޒަޚަމް ވެފައިވަނީ، ކަޓަރުން ދިން ހަމަލާއިން ސަލާމަތްވުމަށް ދުއްވައިގަތް ވަގުތުއެވެ.

އަލީސާލިހުއަށް ކަޓަރުން ހަމަލާ ދިން މީހާ މިއަދު ހުޅުމާލެއާއި މާލޭގެ އެކި ސަރަހައްދު ތަކުގައި އާންމުންނަށާއި އަދި ފުލުހުންނަށްވެސް އިޒާރުދެމުން ގޮސްފައިވާ އެހެން ވީޑިއޯތައްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އަލީ ސާލިހުއަށް ކަޓަރުން ދިން ހަމަލާއަށްފަހު ފުލުހުން ވިދާޅުވެފައިވަނީ، ހަމަލާ ދިން މީހާ ހައްޔަރު ކޮށްފައި ވާކަމުގައެވެ.

ފާއިތިވެދިޔަ ޖުލައިމަހުގެ 1 ވަނަ ދުވަހުގެ ހުކުރު ޚުތުބާ ފެށުމުގެ ކުރިން، އައިއެސް ލޯގޯ ޖެހި ޖުއްބާއެއްގައި، މިސްކަތައްވަދެ އެމީިހާވަނީ މިންބަރަށް އަރާ ފާތިހާ ސޫރަތް ކިޔަވާފައެވެ. އަދި ދީނީ ނަސޭހަތް ދޭފަދަ ރާގަކަށް ދިވެހިން އެއްޗެހިތަކެއް ކިޔާފައި ވެއެވެ. ނަމަވެސް މާގިނަ އިރުތަކެއްނުވެ އެ ވަގުތު މިސްކިތުގައި ތިބި ފަރާތްތަކުން ވަނީ އޭނާ އެތަނުން ބާލާފައެވެ. އަދި ފުލުހުން އެތަނަަށް އައިސް އޭނާ ހައްޔަރު ކުރިއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ މީހެއްކަމަށް ފުލުުން ވަނީ ބުނެފައެވެ. އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު މާގިނައިރުތަކެއް ނުވަނީސް ވަނީ އާއިލާއާ ހަވާލުކޮށްފައެވެ. އަދި އޭނައަކީ ނަފްސާނީ ބަލި ހުންނަ މީހެއްކަމަށް ފުލުން ވަނީ ބުނެފައެވެ.

ފަހުން އެނގިފައިވާ ގޮތުގައި އޭނާއަކީ ރ. މަޑުއްވަރިއަށް ނިސްބަތްވާ މީހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޝ ޝާން
ދެން ރަށަށް ގޮސް އެފާޑަށް އުޅެބަލަ.