ނަޝީދު ފެކްޝަނުން ބުނަނީ ގަރާރު ނަގަން ނުނިންމާ ކަމަށް!

ނަޝީދު ފެކްޝަނުން ބުނަނީ ގަރާރު ނަގަން ނުނިންމާ ކަމަށް!

Author
ހުސެއިން
21 އޮގަސްޓް 2022 05:04
0

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު, އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު ނަގަން އެއްބަސްވެެއްޖެކަމަށް މީޑީއާތަކަށް މައުލޫމާތު ދީފައިވަނިކޮށް، މި ގަރާރު ނަގަން އެއްބަސްވެފައި ނުވާނެކަމަށް ނަޝީދުގެ ފެކްޝަނުން ބުނެފިއެވެ.

ނަޝީދު ފެކްޝަންގައި ހިމެނޭ މެމްބަރުން ކަމުގައިވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ އާއި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލި އާޒިމް ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މިގަރާރު އަނބުރާ ގެންދިއުމަށް އެ ފެކްޝަނުން ނިންމާފައި ނުވާނެ ކަމަށާއި އަދި ގަރާރު އަނބުރާ ނުވެސް ގެންދާނެ ކަމަށެވެ.

އަލީ އާޒިމް ނޫސްވެރިންނަށް ވިދާޅުވެފައިވަނީ އެގަރާރާ މެދު ގޮތެއް ނިންމާނީ އެއަށް ބަހުސް ކުރުމަށްފަހު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގަރާރާމެދު ގޮތެއް ނިންމާނީ ކޮންގްރެސްމަނުންގެ މެދުގައި ބަހުސް ކޮށްގެން ކަމަށެވެ.

ނަޝީދު ގައުމީ މަޖިލިހަށް ހުށަހެޅުއްވި ނިޒާމު ބަދަލުކުރުމާއިގުޅޭ އިސްލާހު އަނބުރާ ގެންދަވަން ނިންމެވި ކަމަށް މީޑިއާތަކަށް މީގެކުރިން މައުލޫމާތު ދީފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު އަދި ޕާޓީގެ ޗެއާޕާސަނާ އެކު މިއަދު ކުއްލި މަޝްވަރާތަކެއް ކުރެއްވުމަށް ފަހުއެވެ. ކޮންގްރެސް ހޯލުގައި ހިނގި މި މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް މީޑިއާތަކަށް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް މިމަޝްވަރާތަކުގައި ވަނީ ގަރާރަށް ބަހުސް ނުކޮށް، ގަރާރު އަބުރާ ގެންދިއުމަށް އެއްބަސްވެފައިކަމަށް ފަހުން މީޑިއާތަކަށް މައުލޫމާތު ލިބިފައިވެއެވެ.

ނަޝީދު ހުށަހެޅުއްވި ގަރާރާ ބެހޭގޮތުން ކޮންގްރެސްގައި ދެ ރައީސުން ވަރަށް ގިނަ އިރުތަކެއްވަންދެން މަޝްވަރާތަކެއް ކުރައްވާފައި ވެއެވެ. އަދި, އޭގެ ފަހުން ދެ ރައީސުން އެއްކޮށް ސްޓޭޖް މައްޗަށް އަރާވަޑައިގެން ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ވެސް މަޝްވަރާތަކެއް ކުރެއްވިއެވެ. އޭގެފަހުން, ރައީސް ސޯލިހާއި ނަޝީދު ވެސް އެ ދެ ބޭފުޅުންގެ ގާތް ބޭފުޅުންނާއެކު ވަކިވަކިން މަޝްވަރާތަކެއް ކުރައްވާފައެވެ. އެއަށްފަހު ގަރާރު ކޮންގްރެސްގެ އެޖެންޑާއިންވެސް ނަގާފައި ވެއެވެ.

އެހެންނަމަވެސް ފަހުން ޚިޔާލުތަފާތުވެސް، ނަޝީދުގެ ގަރާރު އަބުރާ ނުގެންދާނެކަމަށް ނަޝީދު ފެކްޝަންގެ ބައެއް މެމްބަރުން ވިދާޅުވި ސަބަބު އަދި މުޅިން ސާފު ވެފައެއް ނުވެއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި މިހާރު ކުރިޔަށްދަނީ ޕާޓީގެ އަސާސީ ގަވާއިދަށް ހުށެހެޅިފައިވާ އިސްލާހުތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.