ކޮންގްރެސްގައި ނަޝީދުވާހަކަ ދައްކަވަނި

ނަޝީދު މިހާރު ވިދާޅުވަނީ ކޮންގްރެސްގައި އެދެނީ ނިޒާމީ މައްސަލާގައި ގޮތް ނިންމައި ދިނުމަށް ނޫންކަމަށް

ނަޝީދު މިހާރު ވިދާޅުވަނީ ކޮންގްރެސްގައި އެދެނީ ނިޒާމީ މައްސަލާގައި ގޮތް ނިންމައި ދިނުމަށް ނޫންކަމަށް

މިހާރު ކުރިޔަށްދާ އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް ހުށަހަޅާފައިވާ ގަރާރަކީ ބަރުލަމާނީ ނިޒާމަކަށް އެއްބަސްވުމަށް އެދި ހުށަހަޅާފައިވާ ގަރާރެއް ނޫންކަމަށާއި އެކަމާއި ގުޅެގޮތުން ގޮތެއް ނިންމުމަށް ކޮންގްރެސްމަނުންގެ ފަރާތުން ނުވެސް އެދޭ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ބައިވެރީންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ކޮންގްރެސްގައި އެދެމުންދަނީ ރައްޔިތުންގެ ގާތުގައި ނިޒާމު ބަދަލުކުރާންވީތޯ އެހުމަށް ކަމަށާއި، އެކަމަށް ކޮންގްރެސްއިން ނޫނެކޭ ބުނާންވީ ސަބަބެއް ނެތްކަމުގައެވެ.

އަޅުގަޑު ހުށަހެޅި ގަރާރުގައިވާނީ މި ޕާޓީއިން ބަރުލަމާނީ ނިޒާމަކަށް އެއްބަސް ވުމަކަށް ނޫން، އަޅުގަޑު ނުވެސް އެދެން އެކަމާ ގުޅޭގޮތުން ތިޔަ ބޭފުޅުން ގޮތެއް ނިންމާކަށް..، އަޅުގަޑު މި އެދެނީ ރައްޔިތުންގެ ގާތުގައި އެހުމަށް، މިކަމަށް ނޫނެނެކާ ބުނާންވީ ސަބަބެއް ނެތް.

ކޮންގަރެސްގައި މިއަދު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ "މިއަދާއި މާދަމާއަކީ އެމްޑީޕީ އަށް ފަސޭހަ ދުވަސްތަކަކަށް ނުވާނެ" ކަމުގައެވެ. އަދި މިއަދު ހެނދުނުގެ ދަންފަޅީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ހުށަހަޅުއްވާފައިވާ ގަރާރަށް ވޯޓަށް އެހީމާ ވާނެގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ.

އަޅުގަޑަށް އެނގޭ ވޯޓު މި ކޮންގްރެސްގައި ނެގީމަ އޭގެ ނަތީޖާ އޮންނާނެ ގޮތް. އަޅުގަޑު ނޭދެން އެ ހައިޖާނުގެ މަންޒަރެއް.

އަމިއްލަފުޅަށް ހުށަހަޅުއްވާގައިވާ ގަރާރު ކޮންގްރެސްގައި ފާސްނުވާނެކަން އެނގިވަޑައިގަންނަވާކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވެފައި ވެއެވެ.

މިއަދު ހެނދުނު ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ، ހުށަހަޅުއްވާފައިވާ ގަރާރަށް ތާއީދުކޮށް، އެމަގުން ޕާޓީ އެއްގަލަކަށް ނާރައިފިނަމަ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޕާޓީއާއެކީ ނުހުންނަވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *