ބިޕާޝާގެ މި ވީޑިއޯ ބަލައިފިންތަ؟

ބިޕާޝާގެ މި ވީޑިއޯ ބަލައިފިންތަ؟

Author
ފާތިމަތު ނާވީ
18 އޮގަސްޓް 2022 06:08
0

އިއްޔެ ބަނޑުބޮޑުކަން އިއުލާން ކުރި ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ ތަފާތު ވީޑީއޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފިއެވެ.

އިއްޔެގެ ވަގުތެއްގައި ބިޕާޝާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ބަނޑު ފެންނަ ގޮތަށް ނަގާފައި ހުރި ފޮޓޯތަކެއް ހިއްސާ ކޮށްފައެވެ. އަދި އެމީހުނަށް ދަރިއަކު ލިބެން އުޅޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by bipashabasusinghgrover (@bipashabasu)

މިއަދު އަނެއްކައި ވެސް މިވަނީ ތަފާތު ގޮތަކަށް އޭނާ ބަނޑުބޮޑުކަން ހިއްސާ ކޮށްފައެވެ. މިފަހަރު އޭނާ ހިއްސާ ކުރީ ވަރަށް ލޯބި ވީޑިއޯ ކޮޅެކެވެ. މަޖާ މި ވީޑިއޯ ކޮޅުގައި އޭނާ ވަނީ ބަނޑުވެސް ދައްކާލައިފައެވެ.

ބިޕާޝާ ބަނޑުބޮޑުކަން އިއުލާން ކުރި ނަމަވެސް އޭނާ ވިހާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ. މިއީ ބިޕާޝާ އާއި އޭނާގެ ފިރިމީހާ ކަރަން ގްރޯވަރުގެ އަލަތު ދަރިފުޅެވެ.

 

View this post on Instagram

 

A post shared by bipashabasusinghgrover (@bipashabasu)

ބިޕާޝާ އާއި ކަރަން ކައިވެނި ކުރީ 2016 ވަނަ އަހަރުއެވެ. އެމީހުން ބައްދަލުވީ ދެމީހުން އެކުގައި ކުޅުން ރޮމޭންޓީކް ބިރުވެރި ފިލްމު "އެލޯން"ގެ ސެޓުންނެވެ.

އެމީހުންގެ ކައިވެންޏަށް މިވީ 6 އަހަރު ތެރޭގައި އެކި ދުވަސްވަރު ބިޕާޝާ ބަނޑު ބޮޑު ކަމަށް ވަނީ ވަހަކަ ދެކެވިފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެއީ ދޮގު ޚަބަރަކަށް ވެގެން ވާހަކަ ހިނދެނީއެވެ.

 

View this post on Instagram

 

A post shared by bipashabasusinghgrover (@bipashabasu)

43 އަހަރުގެ ބަތަލާ ކަރަންއާ ކައިވެނި ކުރީ އަލަށް ކަމުގައި ވިޔަސް ކަރަން ވަނީ ބިޕާޝާ އާއި ކައިވެނި ކުރުމުގެ ކުރިން އިތުރު ދެ މީހަކާ ކައިވެނިކޮށްފައެވެ.

އެއީ 2008-2009 އަށް ޓީވީ ތަރި ޝްރައްދާ ނިގަމް އާއި 2012 އިން 2014 އަށް މަޝްހޫރު ޓީވީ ތަރި ޖެނިފާ ވިންގެޓާއެވެ. އެކަމަކު އެއިން އެއްވެސް ކައިވެންޏަކަށް ކަރަން އަށް ދަރިއަކު ނުލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.