ސަލްމާން ރުޝްދީއަށް ދިން ހަމަލާގެ ޒިންމާ އުފުލަންޖެހޭނީ އޭނާއާއި އޭނާގެ ބައިވެރިން: އިރާން

ސަލްމާން ރުޝްދީއަށް ދިން ހަމަލާގެ ޒިންމާ އުފުލަންޖެހޭނީ އޭނާއާއި އޭނާގެ ބައިވެރިން: އިރާން

Author
ހުސެއިން
15 އޮގަސްޓް 2022 06:32
0

އިސްލާދީނާއި ދެކޮޅަށް ފޮތެއް ލިޔެ، އެތައް މުސްލިމުންނެއްގެ ނުރުހުމާއި ނަފްރަތު އަމާޒު ވެފައިވާ، މަޝްހޫރު ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް ދިފައިވާ ވަޅީގެ ހަމަލާ ދިން މީހާއާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ސަލްމާން ރުޝްދީއަށް ދިން ހަމަލާގެ ޒިންމާ އުފުލަންޖެހޭނީ އޭނާއާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ކަމުގައި އިރާނުން ބުނެފިއެވެ.

އުމުރުން 75 އަހަރުގެ، އިސްލާމް ދީނާއި ދެކޮޅު ފޮތެއް ލިޔެގެން، އީރާނުން އޭނާއާއި މެރުމަށް ތަފުވާ ނެރެފައިވާ، ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް އަމާޒުކޮށް ވަޅީގެ ހަމަލާއެއް ދީފައިވަނީ މިހަފްތާގެ ހުކުރު ދުވަހުއެވެ.

1980ގެ އަހަރުތަކުގައި، ކީރިތި ރަސޫލާގެ ޝަޚުސިއްޔަތު ކިލަނބުވާ ގޮތަށް ފޮތެއް ލިޔެ ޝާއިއު ކުރުމާއި ގުޅިގެން އޭނާ މެރުމަށް އިރާންއިން ފަތުވާ ނެރެފައިވާ، ސަލްމާން ރުޝްދީއަށް ހަމަލާ ދީފައިވަނީ، އޭނާ އެމެރިކާގެ ވެސްޓަރން ނިއުޔޯކުގައި އޮތް އިވެންޓެއްގައި ތަގުރީރު ކުރުމަށް ތައްޔާރު ވަމުން ދަނިކޮށެވެ.

މި ހަމަލާއަށްފަހު، ލިބުނު ޒަޚަމްތަކުގެ ސީރިއަސްކަމުން، ވެންޓިލޭޓަރުގައި އޮތުމަށްފަހު ސަލްމާން ރުޝްދީގެ ހާލު މިހާރު އަންނަނީ ރަގަޅު ވަމުންނެވެ. އަދި މިހާރު މެޝިންގެ އެހީތެރިކަމާ ނުލާ އޭނާއަށް ނޭވާލެވޭ ކަމުގައި މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ސަލްމާން ރުޝްދީއާއި ގުޅޭގޮތުން އިރާންއިން ދެއްކި ވާހަކަތައް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ސިފަ ކޮށްފައިވަނީ ހަސަދައާއި ނަފްރަތުން ފުރިގެންވާ ވާހަކަތަކެއްގެ ގޮތުގައެވެ.

ސަލްމާން ރުޝްދީއަށް ދިން ހަމަލާ އިރާންގެ މީޑިއާތަކުން ވަރަށް ބޮޑަށް ކަވަރު ކޮށްފައިވާއިރު، އެގައުމުގެ މީޑިއާތަކުން މި ހަމަލާ ސިފަ ކޮށްފައިވަނީ އޭނާގެ މައްޗަށް އައި ކޯފާއެއްގެ ގޮތުގައެވެ.

ހަމަލާއަށްފަހު ސަލްމާން ރުޝްދީގެ އެއް ލޮލުގެ ފެނުން ގެއްލިދާނެކަމަށް ބުނެ ފެތުރިފައިވާ ވާހަކަތައް، އިރާންގެ ދައުލަތުގެ މީޑިއާ، ޖާމް-އޭ ޖަމް އިން ސަފަ ކޮށްފައިވަނީ، "ޝައިތާނާގެ އެއްލޯ ކަނުވުން" ކަމުގައެވެ.

މިހަމަލާއަށްފަހު ގިނަ ބައެއްގެ ތުހުމަތުގެ އިނގިލި އިރާނަށް އަމާޒު ވެގެން ގޮސްފައި ވާއިރު، އިރާންގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާން ނަސީރު ޚަނާނީ ވަނީ މިހަމަލާއާއި އެއްވެސް ބާވަތެއްގެ ގުޅުމުގެ ނެތްކަމަށް ވިދާޅުވެފައެވެ. "އިސްލާމިކް ރިޕަބްލިކް އޮފް އިރާނަށް އެއްވެސް ބަޔަކަށް ތުހުމަތުގެ އިނގި އަމާޒެއް ނުކުރެވޭނެ،" އޭނާ ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް އޭނާ ވިދާޅުވެފައިވަނީ، ޚިލާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި، އިސްލާދީނަށް ފުރައްސާރަ ކުރުމުގެ އެއްވެސް ހައްގެއް ސަލްމާން ރުޝްދީއަށް ލިބިގެން ނުވާކަމުގައެވެ.

"މިހަމަލާއާއި ގުޅިގެން ސަލްމާން ރުޝްދީއާއި އޭނާގެ ބައިވެރިން ފިޔަވާ އެހެން އެއްވެސް ބަޔަކަށް ތުހުމަތު ކުރުމުގެ އަދި، ކުޑަކޮށްވެސް އެހެން އެއްވެސް ބަޔަކު ކުށްވެރި ކުރުމުގެ ޖާގަ އޮތް ކަމަކަށް އަހަރެމެން ނުދެކެން."

"އިސްލާމްދީނަށް ފުރައްސާރަކޮށް، 1.5 ބިލިއަން މުސްލިމުންގެ މާތްވެގެންވާ ދީނުގެ ރަތް ރޮނގު ހުރަސްކޮށް ސަލްމާން ރުޝްދީވަނީ އެމީހުންގެ ރުޅިވެރިކަމާއި ނަފްރަތަށް އަމިއްލައަށް ހުށަހެޅިގެންފަ،" އިރާންގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ސަލްމާން ރުޝްދީއަށް ހަމަލާދިން މީހާގެ މައުލޫމާތު މީޑިއާއިން އެގެންހުރި މިންވަރަށްވުރެ ބޮޑަށް އިރާނަށް އެގިފައި ނުވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.