ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފޯނު ފޭރިގަތް މައްސަލާގައި ވާހަކަ ދައްކަން އެމަނިކުފާނު ބޭނުންފުޅު ނުވިއެވެ.
މިހާރު އެމްޑީޕީ އޮފީހުގައި ބާއްވަމުން އަންނަ ޕްރެސްކޮންފަރެންސްގައި ނޫސްވެރިން ވަނީ ފޯނު ފޭރިގަތް މައްސަލައާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ އެމްޑީ÷ީ ޤައުމީ މަޖިލީހަށް އެމަނިކުފާނު ހުށައަޅުއްވާ ކަންކަމަށް އެކަނި ވާހަކަދައްކަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ފޯނު މައްސަލައަށް ވާހަކަ ދެއްކެވުމަށް އުޒުރުވެރިވެފައެވެ.
އެމަނިކުފާނު ވިދާޅުވީ ފޯނު ފޭރިގަތް މައްސަލައާއި ގުޅޭ ނިޒާމީ މައްސަލައެއް އޮތްތަނެއް ނުފެންނަކަމަށާއި، ފެންނަނީ އެ ސުވާލު ދޫކޮށްލަންކަމަށެވެ. ނަޝީދު ވަނީ ފޯނު ފޭރިގަތް މައްސަލަ ފުލުހުންނަށް ހުށައަޅަފައިވެސް ނުވާނެކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު މިމަހުގެ 3ގައި ފޭރިގަނެފައިވަނީ އިނގިރޭސި ވިލާތުގައި ކޭން ބައްލަވަން އިން ރެސްޓޯރެންޓުގައި ސަލާންޖަހަން ކަމަށް ހެދިގެން އުޅުނު މީހެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ ފޯނު ފޭރިގަނެފައިވަނީ އެމަނިކުފާނުގެ ދަރިކަލުން މީރާ ލައިލާ ނަޝީދާއެކު މެންދުރުގެ ފަރީކޮޅެއްގައި އިންނަވަނިކެވެ. ރައީސް ނަޝީދު ފޯނު ޖަހައިގަތް ގޮތާއި ގުޅޭގޮތުން އޮންލައިން ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ އެމަނިކުފާނު ފޯނު ޖަހައިގެންފައިވަނީ ސަލާންޖަހަން ކަމަށް ހެދިގެން އުޅުނު މީހަކު މޭޒުކައިރީގައި ހުރުމަށްފަހު ކަމަށެވެ.
ރައީސް ނަޝީދަށް މިދިޔަ އަހަރުގެ ކުރީކޮޅު ދިން ނުރައްކާތެރި ޓެރެރިސްޓު ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. އަދި އިއްޔެ ފީނު ޖަހައިގަތް އިރުވެސް އެމްއެންޑީއެފްގެ ސެކިއުރިޓީ ކައިރީގައި އެހެން މޭޒެއްގައި އިންނެވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ސެކިއުރިޓީ އެހެން މޭޒެއްގައި އިންނެވީ ދަރިފުޅާއިއެކު ޕްރައިވެޓް ވަގުތުކޮޅެއް ބޭނުންވާކަމަށް އެދުމުންކަމަށެވެ.
ސަލާންޖަހަން ކަމަށް ހެދިގެން އައިމީހާ މޭޒުކައިރީގައި މަޑުކޮށް ލުމުން ލާރިއެއް ދޭންވެގެން އުޅެނިކޮށް ފޯނު ނަގައިގެން އެމީހާ ދުއްވައިގަތުމުން ދަރިފުޅު އެމީހާ ދުއްވައިގެން ވާހަކަ ބުނިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާދިސާގައި އެމަނިކުފާނުގެ ސެކިއުރީޓީ ބަލަހައްޓާ މީހާގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. ރައީސް ނަޝީދު ފޯނު ފޭރިގަތުމާއި ގުޅިގެން ރޭ ވަނީ މަޖިލީހުގެ ގްރޫޕްތަކުންނާއި، އެނޫން އެކައުންޓުތައްވެސް ވަގުތީ ބޭނުން ކުރުން ހުއްޓާލާފައެވެ. ނަމަވެސް މިއަދު އަނެއްކާވެސް އެހެން ފޯނެއް ބޭނުންކޮށްގެން އެޕްލިކޭޝަންތައް ބޭނުން ކުރައްވަން ވަނީ ފައްޓަވާފައެވެ.
ނަޝީދުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.
2 Responses
ކީކޭކިޔާނީހުށްދޮގުފޮޓޮއެއްނެތް
ތި ނަޝީދު ބުނާ ވާހަކައެކޭ ކަނޑުގައި އެޅޭރޮނގެކޭ އެއްފަދަ