ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ފަށައިފި

ފެހެންދޫ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
06 އޮކްޓޯބަރ 2020 01:14
0

ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ބ. އަތޮޅުގައި ޒަމާނުންސުރެ ގޮއިދޫ އަތޮޅުގެ ނަމުގައި މަޝްހޫރުވެފައިވާ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ރީތި މަންޒިލެކެވެ. ގޮއިދޫ އަތޮޅުތެރޭގައި ހިމެނޭ 3 ރަށުގެ ތެރެއިން ފެހެންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކީ ލަފާ ފުރުމުގެ ދަތިކަމެވެ. މިކަމަށް އަވަސް ހައްލެއް ސަރުކާރުން ހޯދައި ދިނުމަކީ ފެހެންދޫ ރައްޔިތުންގެ އުންމީދެވެ.

މި އުންމީދު ހަޤީޤަތަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެރަށަށް އަރައި ފޭބޭނެ ފަސޭހަ ގޮތްތަކެއް ފަހިކުރުމަށް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ. ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް އެމްޓީސީސީން ވިދާޅުވެ އެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 10 ނޮވެމްބަރ 2019 ގައި ކަމަށް އެމްޓީސީސީން ވިދާޅު ވެއެވެ.

ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނީ މި މަސައްކަތުގެ އިތުރަށް 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމާއި ބަނދަރު ހިމެނޭ ސަރަހައްދުގެ މަގުބައްތި ޖެހުމާއި ނެރުބައްތި ޖެހުމާއި، 558 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމަށް ހަމަޖެހިފައިވެއެވެ.

ފެހެންދުއަކީ ބ. އަތޮޅުގައި އޮތް އެންމެ އާބަދީ ކުޑަ ރަށެވެ. ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރާތްކުރާ ފެހެންދޫގައި ގެސްޓްހައުން ވިޔަފާރި ފުޅާކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް ލަފާފުރުމުގެ ދަތިކަންކަމަށް އެ ވިޔަފާރިކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.