ވެލާނާ އިންޓަރނޭޝަން އެއަރޕޯޓުގެ އައު ރަންވޭ އަންނަ ބޭނުން ކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމުގައި އެމްއޭސީއެލްއިން ބުނެވިއެވެ. އެމްއޭސީއެލްއިން ބައެއް މީޑިއާތަކަށް މައުލުމާތު ދީފައިވާ ގޮތުގައި މިހާރު ކުރިޔަށްދަނީ އައު ރަންވޭ ޓެސްޓު ކުރުމުގެ މަރުހަލާއެވެ.
އެމްއޭސީއެލްއިން ހާމަ ކޮށްފައިވާ ގޮތުގައި އެކުންފުނީގެ އަމާޒަކީ ޕީކް ސީޒަން އަންނަންވާއިރަށް އައު ރަންވޭގެ ބޭނުން ކުރަން ފެށުމެވެ. މަގުސަދަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަން އަންނަންވާއިރަށް އޮޕަރޭޝަންތައް އަވަސްކޮށް ކެޕޭސިޓީ އަވަސް ކުރުމެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 2017ވަނަ އަަހަރުއެވެ. އަދި ރައީސް ޔާމިންގެ ވެރިކަން ނިމުމުގެ ކުރިން ވަނީ ރަންވޭގެ މަސައްކަތް ފައްޓާ ޓެސްޓް ފްލައިޓްވެސް ޖައްސާފައެވެ. އެހެންނަމަވެސް އެއަށްފަހު މިހާތަނާ ހަމައަށްވެސް ރަންވޭ އޮޕަރޭޓް ކުރަން ފަށާފައެއް ނުވެއެވެ.
އެމްއޭސީއެލްއިން ހާމަ ކޮށްފައިވާ ގޮތުގައި މި ރަންވޭ ބޭނުންކުރަން ފެށުމުން ގަޑިއަކު 16 ބޯޓު ޖެއްސޭނެއެވެ. މިހާރުގެ ކެޕޭސިޓީގައި އެއަރޕޯޓަށް ޖެއްސެނީ ގަޑިއަކު 8 ބޯޓެވެ.
އަލަށް ތަރައްގީ ކޮށްފައިވާ ރަންވޭގެ ދިގު މިނަކީ 3،400 ކިލޯ މީޓަރެވެ. އަދި މި ރަންވޭ ތަރައްގީ ކޮށްފައިވަނީ އޭ 380ގެ ބޮޑެތި ބޯޓުފަހަރުވެސް ޖެއްސޭ ވަރަށެވެ.