ނާޒިމް ބައްދަލު ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ބޭނުންވެގެން: ޔާމިން

ނާޒިމް ބައްދަލު ކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ބޭނުންވެގެން: ޔާމިން

Author
ހުސެއިން
11 އޮގަސްޓް 2022 11:27
0

ދިއްގަރު ދާއިރާގެ ކުރީގެ މެމްމަބަރު އަހުމަދު ނާޒިމް، ޔާމިންގެ ރައީސްކަމުގައި އެމަނިކްފާނާ ބައްދަލު ކުރެއްވީ އެމްއެއްޕިއާރުސީގެ ޚިޔާނުތުގެ ވާހަކަ ދައްކަވަން ނޫންކަމަށާއި، ނާޒިމް އެކަނިކްފާނާ ބައްދަލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ބޭނުންވާ ވާހަކަ ވިދާޅުވުމަށް ކަމަށް ރައީސް ޔާމިން ވިދާޅުވެއެޖެއެވެ.

ވ. އާ ރަށް ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތު ނެންނެގި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގައި ޔާމީނާ ދެކޮޅު ހެއްކެއްގެ ގޮތުގައި ދައުލަތުން ނާޒިމްގެ ނަން ހުށަހެޅުމުން ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަން ނާޒިމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން، މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމިން ވިދާޅުވީ، ޔާޒިމް އެމަނިކްފާނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކައަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ބޭނުންފުޅުވެގެން ކަމަށާއި، އެހެންނަމަވެސް އޭރު މަޖިލިސް ރައީސްކަމަށް ބޭފުޅާކާ ވާހަކަ ދައްކާވާ އެބޭފުލަކު އެކަން ގަބޫލުކުރައްވާފައި ވުމާއެކު، އެފުރުސަތު ދެވެން ނެތްކަމަށް ވިދާޅުވި ކަމަށެވެ.

އަދި އޭގެ ކުރިން، ޕާލަމެންޓްރީ ގުރޫޕުގް ލީޑަރުކަން ބޭނުންކަމަށް ނާޒިމް ވިދާޅުވެފައި އޮތް ކަމަށާއި، އެކަން ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާނެ ކަމަށާއި، ނާޒިމް ކުއްލިއަކަށް ވިސްނުން ބަދަލު ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ބޭނުންފުޅުވުުން އެކަން ގަބޫލު ކުރައްވަން ދަތިފުޅުވި ކަމަށްވެސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވި ގޮތުގައި، ނާޒިން ހިންހަމަ ނުޖެހުނީ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ހަމަޖައްސަވާ ނުދެއްވޭނެކަމަށް ވިދާޅުވުމުން ކަމަށާއި، އެކަމާ ހިންހަމަ ނުޖެހިގެން، އަދީބު ދަރަންޏަށް ފައިސާ ނަގަމުންދާކަމަށް ވިދާޅުވި ކަމަށާއި، މިކަމުގެ ޒިންމާ ޔާމިން ނަންގަވަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިކަމަށްވެސް ޔާމިން ވިދާޅުވިއެވެ. ޔާމިން ވިދާޅުވީ އެކަމުގެ ޒިންމާ ނަންގަވަން ނުޖެހޭނެކަމަށް ޖަވާބުގައި ނާޒިމްއަށް ދެއްނެވި ކަމަށެވެ.

ރައީސް ޔާމިން ވިދާޅުވި ގޮތުގައި، 2013ގެ ރިޔާސީ ކެމްޕޭން ނިމިގެން ދިޔައިރު، އެއްވެސް ދަރަންޏެއް ނޯންނާނެ ކަމަށެވެ. އަދި ނާޒިމް ހެކިބަސް ދެމުން، އޭނާއަކީ ރައީސް ޔާމިން ކެމްޕޭނާ ގުޅުންހުރި މީހެއް ނޫންކަމަށް ވިދާޅުވެފައިވާތީ، ކެމްޕޭންގެ ދަރަނި ހުރިކަން ނާޒިމަށް އެގުނީ ކިހިނެއްތޯ ޔާމިން ސުވާލު ކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގައި ޔާމީނާ ދެކޮލަށް ހެކިބަސް ދެއްވަމުން ނާޒިމް ވިދާޅުވީ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެންމެ ގިނައިން ފައިސާ ހޯދާފައިވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ކަމަށެވެ. އެ ފައިސާ އަދީބު ހޯއްދެވީ ވިޔަފާރިވެރިންގެ އަތުން ޔާމީންގެ ނަން ބޭނުންކުރައްވައިގެން ދަރަންޏަށް ކަމަށެވެ. އަދީބުގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ޔާމީންގެ ޅިޔަނެއް ވެސް ކެމްޕޭނަށް ފައިސާ ހޯއްދެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެމްއެމްޕިއާރުސީގެ ޚިޔާނުގެ ފައިސާ ބޭނުން ކޮށްފައިވަނީ ރައީސް ޔާމިންގެ ކެމްޕޭންގެ ދަރަނި އަދާކުރުމަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.