އޫރު މަސް ހިމެނޭއުފެއްދުން ފިހާރަތަކުން ނަގައިފި

އޫރު މަސް ހިމެނޭއުފެއްދުން ފިހާރަތަކުން ނަގައިފި

Author
މުޙައްމަދު ޖިމީ
11 އޮގަސްޓް 2022 07:01
0

މާކަމް ބްރޭންޑްގެ ކަންޓްރީ ގްރޭވީ މިކްސްއަކީ އޫރުމަސް އެކުލެވޭ އުފެއްދުމެއްކަން އެނގިފައިވާތީ އެތަކެތި ވިއްކަންހުރި ފިހާރަތަކުން ނަގާފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނީ، އޫރުމަސް ހިމެނޭ ބާވަތެއް ރާއްޖޭގެ ބާޒާރުގައި ވިއްކަންހުރި މައްސަލަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން އެސަރވިސްއަށް އަންގާފައިވާކަމަށެވެ.އަދި  އެތަކެތި އެތެރެކޮށްފައިވާ ފަރާތުގެ ފިހާރަތަކުގައި ހުރި މި ބާވަތުގެ ޕެކެޓްތައް ނަގައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސް އިން ވަނީ އެ ތަކެތި އިތުރަށް ވިއްކަން ހުރިކަން ފާހަގަވާނަމަ، އެކަމާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި މާކަމް ބްރޭންޑްގެ ކަންޓްރީ ގްރޭވީ މިކްސްގެ އިންގްރީޑިއަންޓުތަކުގެ ތެރޭގައި "ގްރައުންޑް ޕޯކް" އަދި "ޑްރައި ޕޯކް ސްޓޮކް" ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.