ލީކުވެފައިވާ، ބަންގްރަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު އެއް ޖިންސުން ހިންގާ ވޯޑިއޯތަކުން ފެންނަ ދެމީހަކު އުމްރާއަށް ދިއުމުގެ ވަގުތީ ހުއްދައެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ދޫ ކޮށްފިއެވެ.
ފާއިތުވެދިޔަ 2 މަހެއްހާ ދުވަހުގެ ތެރޭގައި އާންމުވާން ފަށާފައިވާ ވީޑިއޯތަކުން ފެންނަކަމަށް ބުނާ 18 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ފުލުހުން ދަނީ އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ. އަދި އޭގެ ތެރެއިން 3 މީހަކު ހައްޔަރުކޮށް، އެ ތިންމީހުންގެ މައްސަލަ ފުލުހުން މިހާރުވަނީ ދައުވާކުރުމަށް ޕީޖީއަށްވެސް ފޮނުވާފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އުމްރާ ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ، ކުރިން އުމްރާއަށް ދިއުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ދެމީހަކަށެވެ. އެދެމީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވި ނަމަވެސް، ދަތުރު ކުރުމަށް ދޫކޮށްފައިވަނީ ވަގުތީ ހުއްދައެއްކަމުގައި ފުލުހުން ހާމަ ކޮށްފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އުމްރާއަކަށް ދިއުމުގެ ވަގުތީ ހުއްދަ ދޫކޮށްފައިވާ ދެ މީހުންގެ އިތުރުން، މި ކޭސްގައި ހިމެނޭ އެހެން ބައެއް މީހުންވެސް އުމްރާއަކަށް ދިއުމުގެ ހުއްދައަށް ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ. އެހެންނަަމެވެސް އަލަމްގިރި ކޭސްގައި ހިމެނޭ އިތުރު އެހެން ބަޔަކަށް މި ހުއްދަ ދޫކުރިކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.
ފާއިތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތޭރޭގައި ލީކުވަމުންދާ، އަލަމްގިރި އެއްޖިންސުން ގުޅުން ހިންގާފައިވާ ވީޑިއޯތަކުންވަނީ ގިނަ ދިވެހިންނެއް ފެނިގެން ގޮސްފައެވެ.
އަދި ފާއިތިވެދިޔަ ހަފްތާތަކުގެ ތެރޭގައި ދައުލަތުގެ މުވައްސަސާތަކާއި އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ގިނަބަޔަކު ވަނީ ލީކުވަމުންދާ ވީޑިއޯތަކާއި ގުޅިގެން ސަސްޕެންޑް ކޮށްފައެވެ. އޭގެތެރޭގައި ކަސްޓަމްސްގެ ދެ މީހަކާއި، ހޯމް މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވަންޓަކާއި ރައްޔިތުން މަޖިލީހުގެ އިދާރާގެ އިދާރީ މުވައްޒަފަކު ވެސް ހިމެނެއެވެ. އިއްޔެ ވަނީ މުދިމަކު ވެސް ސަސްޕެންޑް ކޮށްފައެވެ.
އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި، ފުލުހުން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުއާއި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދުއެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ނޫސްވެރިޔާ ނަސީރުވެސް ހިމެނެއެވެ.
ބަންގލަދޭޝްގެ ރައްޔިތެއްކަމުގައިވާ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އިން މަތީގައި އުޅޭކަމަށް މަޢުލޫމާތު ފެތުރިފައިވި ނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ، އެ މުވައްސަސާއިން ތަހުގީގު ކުރަމުންދަނީ އަލަމްގިރިއާއެކީ ގުޅުން ހިންގާފައިވާ 38 މީހެއްގެ މައްސަލަ ކަމުގައެވެ.
އެއް ޖިންސުން ގުޅުން ހިންގަނިކޮށް އަލަމްގިރި ރެކޯޑް ކޮށްފައިވާ ވޯޑިއޯތަކުގެ ބޭނުން ކޮށްގެން ގިނަބަޔަލު ބްލެކްމެއިލް ކުރަމުންދާ ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ