އެއް ޖިންސުން ގުޅުންހިންގި މައްސަލަ ބަލަމުން ދަނިކޮށް ރާއްޖެއިން ފުރައިގެން ދިޔަ މީހުން ހޯދަނީ

އެއް ޖިންސުން ގުޅުންހިންގި މައްސަލަ ބަލަމުން ދަނިކޮށް ރާއްޖެއިން ފުރައިގެން ދިޔަ މީހުން ހޯދަނީ

Author
މުޙައްމަދު ޖިމީ
10 އޮގަސްޓް 2022 12:03
0

ބަންގްލަދޭޝްގެ ޒުވާން ފިރިހެނެއްކަމަށް އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަ ބަލަމުންދަނިކޮށް ރާއްޖެ ދޫކޮށް ފުރައިގެން ދިޔަ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށަށައިފިއެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލަ ބަލަމުން ދަނިކޮށް ފުރާފައިވަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އިސް މަޤާމެއްގައި ކުރިން ހުރި އެމަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހިމް ރާފިއު (ރާއްޕެ) އާއި އިތުރު ބައެކެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި މިހާތަނަށް ތިން މީހެއް ހައްޔަރުކޮށް 18 މީހެއްގެ ޕާސްޕޯޓ ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އަލަމްގިރިއާއެކު 250އަށް ވުރެ ގިނަ މީހުން ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭއިރު ހުރިހާ އެންމެން ހައްޔަރުކޮށް ޕާސްޕޯޓް ހިފަހައްޓާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ.

ފުލުހުން ބުނީ، އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަހުގީގުގައި މީހުން އައިޑެންޓިފައިކޮށް ފުރުން މަނާކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ރާއްޖެއިން ފުރާފައިވާކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާކަމަށް ފުލުހުން ބުންޏެވެ.

އަދި ރާއްޖެ ދޫކޮށް ދިޔަ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

އިތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތޭރޭގައި ލީކުވަމުންދާ އަލަމްގިރި އެއްޖިންސުން ގުޅުން ހިންގާފައިވާ ވީޑިއޯތަކުންވަނީ ގިނަ ދިވެހިންނެއް ފެނިގެން ގޮސްފައެވެ.

އަދި ފާއިތިވެދިޔަ ހަފްތާތަކުގެ ތެރޭގައި ދައުލަތުގެ މުވައްސަސާތަކާއި އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ގިނަބަޔަކު ވަނީ ލީކުވަމުންދާ ވީޑިއޯތަކާއި ގުޅިގެން ސަސްޕެންޑް ކޮށްފައެވެ. އޭގެތެރޭގައި ކަސްޓަމްސްގެ ދެ މީހަކާއި، ހޯމް މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވަންޓަކާއި ރައްޔިތުން މަޖިލީހުގެ އިދާރާގެ އިދާރީ މުވައްޒަފަކު ވެސް ހިމެނެއެވެ. އިއްޔެ ވަނީ މުދިމަކު ވެސް ސަސްޕެންޑް ކޮށްފައެވެ.

އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި، ފުލުހުން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުއާއި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދުއެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ނޫސްވެރިޔާ ނަސީރުވެސް ހިމެނެއެވެ.

މީގެ ތެރެއިން ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވަނީ ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ކާނަލް ނަޝީދާއި، ފުލުހެއްކަމަށްވާ ޢަބްދުއްރަހީމް ރާފިއު (ދޮންދިގު)ގެ މައްޗަށެވެ.

ފުލުހުން ބުނެފައިވަނީ އެ މުވައްސަސާއިން ތަހުގީގު ކުރަމުންދަނީ އަލަމްގިރިއާއެކީ ގުޅުން ހިންގާފައިވާ 38 މީހެއްގެ މައްސަލަ ކަމުގައެވެ.

އެއް ޖިންސުން ގުޅުން ހިންގަނިކޮށް އަލަމްގިރި ރެކޯޑް ކޮށްފައިވާ ވޯޑިއޯތަކުގެ ބޭނުން ކޮށްގެން ގިނަބަޔަލު ބްލެކްމެއިލް ކުރަމުންދާ ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.