ވީޑިއޯ ތަކުގައި ވަޒީރެއްގެ ވީޑިއޯއެއްނެތް، އުޅެނީ 38 މީހެއްގެ ވީޑިއޯ: ސީޕީ

ވީޑިއޯ ތަކުގައި ވަޒީރެއްގެ ވީޑިއޯއެއްނެތް، އުޅެނީ 38 މީހެއްގެ ވީޑިއޯ: ސީޕީ

Author
މުޙައްމަދު ޝަޒައިމް
09 އޮގަސްޓް 2022 01:08
0

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ބަލާ މައްސަލަތަކުގައި އެއްވެސް ވަޒީރެއްގެ ނަމެއް ނުހިމެނޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ އަލަމްގިރި އާއިއެކު އެއްޖިއްސުން ގުޅުންހިންގިކަމަށް ބުނެ ރެއިން ފެށިގެން ދައުރުވަމުންދާ ލިސްޓުގައި ސަރުކާރުގެ ވަޒީރެއްގެ ނަން އޮތްކަމަށް ބުނެ ފެތުރެމުންދާ ވާހަތަކާއި ގުޅިގެންނެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކަމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް ވުރެ ގިނަ ކަމަށް ބަޔަކު ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި މިހާތަނަށް ފާހަގަކުރެވުނީ 38 މީހުން ކަމަށެވެ.

އާލަމްގީރާ ގުޅުވައި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު އެކި މީހުންނަށް ދަނީ ކުރަމުންނެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ފުލުހުން ތަހުގީގުގައި ނުހިމެނޭ މީހުން ކަމަށާއި އެގޮތަށް އެކަން ނުކުރަން ފުލުހުން މީގެ ކުރިން އެދިފައިވެއެވެ.

ރާއްޖޭގައި ވަޒީފާއަދާކުރަން އެތެރެވި އާލަމްގީރު، އޭނާ ދިރިއުޅޭ ކޮޓަރީގައި ގިނަ އަދަދެއްގެ ބަޔަކާ އެކު ބަދުއަހުލާގީއަމަލު ހިންގި މައްސަލައިގައި ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ވަނީ ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ފުލުހުން ތަހުގީގުގައި އެއްބަސްވެފައެވެ.

އަަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުން ދެނެގަނެވޭ ވަރަކުން ފުލުހުން ގެންދަނީ އެމީހުން މަސައްކަތް ކުރާ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކުރަމުންނެވެ. އެގޮތަށް ފުލުހުން ހިއްސާ ކުރާ މައުލޫމާތަށް ބުރަވެ އިދާރާތަކުން މިހާރު ވަނީ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށް އަދި ބައެއް މީހުން ވަޒީފާތަކުން ވެސް ވަކިކޮށްފައެވެ.

އަލަމްގީރާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮފިސަރަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.